logoEN
WAMCO TOP 1
ކޯޓުން ދޫކޮށްލި ޔުނާން އަނެއްކާވެސް ހައްޔަރުކޮށްފި

ކޯޓުން ދޫކޮށްލި ޔުނާން އަނެއްކާވެސް ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

1/11/2024, 10:37:14 PM

yunaan-1-e1604375765306

ޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ހުޅުމާލެ ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭ ދޫކޮށްލި ފިލްމީތަރި މުހައްމަދު ޔުނާން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

THE TRAVELLER AD

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގައެވެ. އަދި މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

އަދި ޔުނާން މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ދޫކޮށްލުމާއި އެކު އެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރެލް (ޕީޖީ) އޮފީހުން ހައި ކޯޓްގައި އިސްތިއުނާފުކުރީ އޭގެ 4 ދުވަސް ފަހުން ޑިސެމްބަރު މަހުގެ 18 ގަ އެވެ. އެގޮތުން ހައިކޯޓުން އިއްޔެ ވަނީ އޭނާ އަލުން ބަންދުކުރަން އަމުރުކޮށްފަ އެވެ.

އެ އަމުރާއި އެއްގޮތަށް ޔުނާން އަލުން ހައްޔަރުކޮށްފައިވަނީ މިއަދު އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް، އަދި ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރެއެވެ. މިހާރު މިމައްސަލަ ހުޅުމާލެ ކޯޓުގައި އޮތީ ނިމުމަކާ ގާތަށް ގޮސްފައެވެ.

ކޮމެންޓް
ފަހުގެ
HDC