
082A6078
ކުރިޔަށް އޮތް ތިން ދުވަނު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފި އެވެ.

މޫސުމާ ބެހޭ އިދާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ނިމުތު ކުރެވޭތިވެ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއާއި އެކު މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ދާދި ފަހުން ރާއްޖެއަށް ކުރި ވިއްސާރައިގައި ރާއްޖޭގެ އެެކި ރަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ގިނަ އަދަދެއްގެ ގެތަކަށް ވަނީ ގެއްލުންތަކެއް ލިބިފައި އެވެ. އެގޮތުން ވެރިކަން ކުރާ މާލެ ސަރަހައްދަކަށް ވިއްސާރާގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި އެވެ.