logoEN
ޕީއެންސީ 2
ފައިޒާ ވެކްސިންއަށް ވެސް ރާއްޖެއިން ހުއްދަ ދީފި

ފައިޒާ ވެކްސިންއަށް ވެސް ރާއްޖެއިން ހުއްދަ ދީފި

އަހުމަދު ޝުރާއު

logo

3/15/2021, 1:27:20 PM

pfizer-vaccine-Reuters-11

އެމެރިކާގެ ފައިޒާ ވެކްސިން އަށް ވެސް ރާއްޖެއިން ހުއްދަ ދީފި އެވެ.

ޝަރީ 2024

ފާއިޒާ ވެކްސިނަށް ރާއްޖެގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައި ވަނީ އެމަޖެންސީ ޔޫޒް އަށެވެ. ފާއިޒާ ވެކްސިންގެ އިތުރުން ޗައިނާ ސަރުކާރުގެ ބޭސް ކުންފުނިން ތައްޔާރުކުރި ސައިނޯފާމް ވެކްސިނަށް ވެސް ރާއްޖޭން މިއަދު ވަނީ ހުއްދަދީފައިއެވެ. މި ވެކްސިންއަށްވެސް ހުއްދަދިނީ އެމަޖެންސީ ޔޫޒްއަށެވެ.

ފާއިޒާ ވެކްސިންއަށް ހުއްދަދިން ކަމުގައިވީ ނަމަވެސް ރާއްޖޭގައި ފާއިޒާ ވެކްސިންގެ ސްޓޮކެއް ހުރިކަމެއް ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައިނުވެއެވެ.

މިހާރު ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝިލްޑް ވެކްސިންއެވެ. އިންޑިއާ ސަރުކާރުގެ އެހީ އަދި ކޮވެކްސް ފެސިލިޓީގެ ދަށުން މީގެ ޖުމްލަ 212،000 ޑޯޒް ލިބިފައި ވެ އެވެ. އިއްޔެއާ ހަމައަށް 206،114 މީހުންނަށް ކޮވިޝިލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ދީފައިއެވެ.

މިއަދު ހުއްދަދިން ސައިނޯފާމް ވެކްސިންގެ 18،000 ޑޯޒް ރާއްޖެއަށް ލިބިފައި ވެ އެވެ. އޭގެ އިތުރުން ޗައިނާ ސަރުކާރުން ވަނީ ވެކްސިންގެ އިތުރު 200،000 ޑޯޒް ހަދިޔާކުރަން ނިންމައިފަ އެވެ.

ސަރުކާރުން ވަނީ ކޮވިޝީލްޑް ވެކްސިން އުފައްދާ ސީރަމް އިންސްޓިޓިއުޓުން 300،000 ވެކްސިން ގަންނަން އަދި އޭގެ ކުރިން ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުނިން 700،000 ޑޯޒް ގަންނަން ސޮއިކޮށްފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ