logoEN
cocacola
ސައިނޯފާމް ވެކްސިނަށް ރާއްޖެއިން ހުއްދަދީފި

ސައިނޯފާމް ވެކްސިނަށް ރާއްޖެއިން ހުއްދަދީފި

އަހުމަދު ޝުރާއު

logo

3/15/2021, 1:18:49 PM

Morgantown, Wv - 16 December 2020: Small Bottle Of Coronavirus V

ޗައިނާ ސަރުކާރުގެ ބޭސް ކުންފުނިން ތައްޔާރުކުރި ސައިނޯފާމް ވެކްސިނަށް ރާއްޖޭން ހުއްދަ ދީފި އެވެ.

ގޮސިޔާ

ސައިނޯފާމް ވެކްސިން ދިރާސާކުރުމަށްފަހު އެއަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ދީފަވަނީ މިއަދުގެ ވަގުތެއްގައި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ސައިނޯފާމް ޖަހަން ހުއްދަ ދީފައި ވަނީ 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ.

ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ 18،000 ޑޯޒް ލިބިފައި ވެ އެވެ. އޭގެ އިތުރުން ޗައިނާ ސަރުކާރުން ވަނީ ވެކްސިންގެ އިތުރު 200،000 ޑޯޒް ހަދިޔާކުރަން ނިންމައިފަ އެވެ.

މިހާރު ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝިލްޑް ވެކްސިންއެވެ. އިންޑިއާ ސަރުކާރުގެ އެހީ އަދި ކޮވެކްސް ފެސިލިޓީގެ ދަށުން މީގެ ޖުމްލަ 212،000 ޑޯޒް ލިބިފައި ވެ އެވެ. އިއްޔެއާ ހަމައަށް 206،114 މީހުންނަށް ކޮވިޝިލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ދީފައިއެވެ.

ސަރުކާރުން ވަނީ ކޮވިޝީލްޑް ވެކްސިން އުފައްދާ ސީރަމް އިންސްޓިޓިއުޓުން 300،000 ވެކްސިން ގަންނަން އަދި އޭގެ ކުރިން ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުނިން 700،000 ޑޯޒް ގަންނަން ސޮއިކޮށްފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ