logoEN
Sto top
އުތުރުތިލަފަޅުގެ ޑްރާފްޓް އެއްބަސްވުމެއް ކަމަށް ބެލެވޭ ލިޔުމެއް ލީކްކޮށްލައިފި

އުތުރުތިލަފަޅުގެ ޑްރާފްޓް އެއްބަސްވުމެއް ކަމަށް ބެލެވޭ ލިޔުމެއް ލީކްކޮށްލައިފި

އަހުމަދު ޝުރާއު

logo

3/15/2021, 1:09:49 PM

big_qrgeYQ0NNfMDWGhM0Ev7x2vBf_mariyabipin

ދިވެހިރާއްޖެ އާއި އިންޑިއާ އިން ސޮއި ކޮށްފައިވާ އުތުރު ތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބެލެވޭ ލިޔުމެއް ލީކްކޮށްލައިފި އެވެ

Wamco

ދިވެހިރާއްޖެ އާއި އިންޑިއާ އިން ސޮއި ކޮށްފައިވާ އުތުރު ތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށްބުނެ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ލިޔުމެއް މިއަދު އޭނާގެ ސޯޝަލް މީޑިއާގައި އާންމުކޮށްފައި އެވެ. އެހެން ނަމަވެސް އެމްއެންޑީއެފް އަދި ޑިފެންސް މިނިސްޓްރީއިން މި ލިޔުމާއި ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ. މިއެއްބަސްވުމާއި ގުޅޭ ގޮތުން އެމްއެންޑީއެފް އިން ވަރަށް އަވަހަށް ބަޔާނެއް ނެރެން މަސައްކަތް ކުރަމުން އަންނަ ކަމަށް ރާއްޖޭގެ ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓްކޮށްފައި އެވެ.

މިއަދު ލީކް ކޮށްލާފައި ވަނީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވި އެއްބަސްވުމުގެ ޑްރާފްޓް ކަމަށް ބެލެވޭ ލިޔުމެކެވެ.

ލީކް ކޮށްލާފައިވާ އެއްބަސްވުން ބުނާ ގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި 30 އަހަރު ވަންދެން ބޭތިއްބުން މަޖުބޫރެވެ. 30 އަހަރަށްފަހު އަދި އިތުރު 30 އަހަރު ރާއްޖޭގައި ތިބެން ބޭނުންނަމަ އެފުރުސަތު ވެސް އެއްބަސްވުމުން އިންޑިއާ ސިފައިންނަށް ފަހި ކޮށްދީފައި ވެއެވެ.

މި ލިޔުން ލީކްވުމާއި ގުޅިގެން އިދިކޮޅުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެހެން ނަމަވެސް މި ލިޔުމުގެ ސައްހަކަމާއި ބެހޭގޮތުން ސަރުކާރުގެ އަދި ދިފާއީ ބާރުންވެސް ރަސްމީ އެއްވެސް ބަހެއް ބުނެފައި ނުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside