logoEN
cocacola
ރާއްޖޭގައި މަރުގެ އަދަބުދޭން ނުފެނޭ - މައުމޫން

ރާއްޖޭގައި މަރުގެ އަދަބުދޭން ނުފެނޭ - މައުމޫން

އަލްފާ އަލީ

logo

1/7/2024, 6:18:23 PM

Maumoon

ރާއްޖޭގައި މަރުގެ އަދަބު ދޭން ނުފެންނަ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމަށެވެ. އަދި ޢާންމުންގެ ތާއީދު ހޯދުމަށް އެ ވާހަކަ ދެއްކުމަކީ ތަޢުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ވެސް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން މިހެން ވިދާޅުވެފައިވަނީ، މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެފައިވަނިކޮށެވެ.

މައުމޫން ވަނީ މީގެ ކުރިންވެސް މަރުގެ އަދަބު ތަންފީޒުކުރުމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އެގޮތުން މައުމޫން ވިދާޅުވެފައިވަނީ، މަރުގެ އަދަބު ދިނުމަކީ އެއީ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިއެއް ކަމަށް ދެކެވަަޑައި ނުގަންނަވާ ކަމަށެވެ. އަދި އިސްލާމް ދީނުގައި މަރުގެ މަރަށް މަރު ހިފުމަކީ، ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ މަތިން، ކުރަން އޮންނަ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ