logoEN
Sto top
މޯޑާނާގެ ވެކްސިން ކާމިޔާބާ ގާތަށް

މޯޑާނާގެ ވެކްސިން ކާމިޔާބާ ގާތަށް

Admin

logo

11/16/2020, 9:12:32 PM

106633555-1595848318762-gettyimages-1219613746-porzycki-modernaa200612_npx8i

މޮޑާނާއިން އުފައްދާ ކޮވިޑް-19 ވެކްސިން އިން ގާތްގަނޑަކަށް 95 ޕަސެންޓާ ހަމައަށް ރައްކާތެރިކަން ލިބިގެންދާ ކަމަށް ބައެއް ޓެސްޓުތަކުގެ ނަތީޖާތަކުން ދައްކައިފި އެވެ.

Wamco

މިކާމިޔާބާއެކު މި ވެކްސިން ވެގެން ގޮސްފައިވަނީ ދެވަނައަށް އެންމެ ކާމިޔާބު ވެކްސިންގެ ގޮތުގައެވެ. އެމެރިކާގެ މޮޑާނާއިން އެފަދަ ނަތީޖާއެއްގެ ވާހަކަ ދައްކާފައިވަނީ ފާމަސޫޓިކަލް ކުންފުނި ފައިޒާއިން އުފެއްދި ވެކްސިންއިންވެސް އެފަދަ ނަތީޖާއެއް ފެނިފައިވާ ކަމަށް އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް ފައިޒާއިން އުފެއްދި ވެކްސިންއިން ރަނގަޅުވެފައިވަނީ އެވެެކްސިން ޖެހި 90 ޕަސަންޓު މީހުންނެވެ.

މޮޑާނާގެ ވެކްސިން ކާމިޔާބު ކަމަށް ދެއްކުމާއި އެކު އެކުންފުނިން ކުރިއަށް އޮތްތަނުގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އެދޭނެއެވެ. އަދި މި ނަތީޖާއަކީ ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ބޮޑު ކުރި އެރުމެއް ކަމަށް މޮޑާނާއިން ބުނެއެވެ.

މޮޑާނާގެ ވެކްސީންގެ ކްލިނިކަލް ޓްރައިއަލްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ 30،000 މީހުން ބައިވެރިކޮށްގެނެވެ. އެއިން ކޮންމެ މީހަކަށް ދެ ޑޯސްގެ ވެކްސީން ވަނީ ދީފައިވާއިރު ފުރަތަމަ ޑޯޒް ދިނުމަށްފަހު ހަތަރު ހަފްތާއަށް ފަހުގައި އެމީހުންނަށް ދެވަނަ ޑޯޒްއެއް ވަނީ ދީފައެވެ. މޮޑާނާގެ ޗީފް މެޑިކަލް އޮފިސާ ތާލް ޒެކްސް ވިދާޅުވީ އެ ޓެސްޓުތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ. އެގޮތުން 94.5 ޕަސެންޓުގެ ރައްކާތެރިކަމެއް އެ ވެކްސީން އިން ލިބިގެންދާ ކަމަށް ފެންނަ ކަމަށް އޭނާ ވިދާޅުވެއެވެެ.

މޮޑާނާގެ މި އުފާވެރި ހަބަރާއެކު އެކުންފުނީގެ ހިއްސާގެ އަގުތައް ވަނީ، އެމެރިކާގެ ބާޒާރުތަކުގައި 9 ޕަސެންޓް އުފުލިފައެވެ. އަދި މިއީ ކޮވިޑް ބަލިމަޑުކަމުން ސަލާމަތް ވުމަށް މުޅި ދުނިޔެ ދެކެމުން އަންނަ ހުވަފެން ހަގީގަތާއި ގާތަށް ގެނެސްދިން ވެކްސިނެއްކަން ޔަގީނެެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside