logoEN
ޕީއެންސީ 2
އެޗްޕީއޭ ގައިޑްލައިންތަކުގެ ސަަބަބުން ވިޔަފާރިތަކަށް ގެއްލުންވާ މައްސަލައެއް މަޖިލީހަށް

އެޗްޕީއޭ ގައިޑްލައިންތަކުގެ ސަަބަބުން ވިޔަފާރިތަކަށް ގެއްލުންވާ މައްސަލައެއް މަޖިލީހަށް

66529_c6b1f565-e_-1

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ހެލްތް ޕޮރެޓެކްޝަން އޭޖެންސީއިން (އެޗްޕީއޭ) އިން އެކުލަވާލި ގައިޑްލައިންތަކުގެ ސަަބަބުން ދިވެހި ވިޔަފާރިތަކަށް ގެއްލުންވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޝަރީ 2024

މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ޓަކައި ގެނައުމަށް ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓާރ މުހައްމަދު ސައީދް އެވެ. މި މައްސަލައިގައި ބުނެފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކުގެ ސަބަބުން ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ފިހާރަތަކާއި ޓެކްސީއާއި ޕިކަޕްގެ ޚިދުމަތް ދެމުންދާ ވިޔަފާރިތަކާއި މުދާ އުފުލާ އޮޑި ދޯނި ފަހަރުތަކާއި މަޖޫރިންގެ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށާއި އަދި ވިޔަފާރި ކުރާ ގިނަ ފަރާތްތަކެއް މިހާރު ގޮތް ހުސްވެފައިވާ ވާހަކައެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލަ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުށަހަޅުއްވާނެ ކަމަށް ބެލެވެއެވެ. މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މަޖީލީހުގެ ހުށަހަޅުއްވައިފިނަމަ ޖަލްސާގެ އެޖެންޑާގެ ހުރި ކަންކަން ފަސްކޮށް ފުރަތަމަ ކުރިއަށް ގެންދަން ޖެހޭނީ ކުއްލި މައްސަލައެވެ. އަދި މި މައްސަލަ ބަހުސްކުރުމަށް މެންބަރުންގެ މެދުގައި ވޯޓެއް ނެގޭނެއެވެ. ބަހުސަށް ހުޅުވާލަން ފާސްވެއްޖެ ނަމަ ގަޑިއިރަކަށް އެ މައްސަލައަށް ބަހުސްކޮށް ނިންމާލާނެއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވެފައިވާއިރު އެޗްޕީއޭއިން ކުރިން ދީފައި ހުރި ލުއިތައް ވެސް ވަނީ ހިފަހައްޓާ އިތުރު ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި އިރުއޮއްސި 6:00 ގެ ފަހުން ވެހިކަލް ނުދުއްވޭ ގޮތް ހެދުމާއި ރޭގަނޑު 8:00 ގެ ފަހުން ރެސްޓޯރަންޓު ފަދަ ގިނަ ވިޔަފާރިތައް ބަންދު ކުރަން ޖެހެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ