logoEN
WAMCO TOP 1
އައްމަޓީ ފުރުން މަނާކުރަން ސުޕްރީމް ކޯޓުގެ ވަގުތީ ޢަމުރެއް

އައްމަޓީ ފުރުން މަނާކުރަން ސުޕްރީމް ކޯޓުގެ ވަގުތީ ޢަމުރެއް

އައިޝަތު އިފާޝާ

logo

1/5/2024, 2:41:15 PM

img_md_202105310135291622450129.6234

މަކަރާއި ޙީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހުމަދު މޫސާ މުޙައްމަދު ފުރުން މަނާކުރުމުގެ ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން ނެރުއްވައިފިއެވެ.

THE TRAVELLER AD

އަހުމަދު މޫސާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ ވަގުތީގޮތުން އެ ޕާސްޕޯޓު ދޫކޮށްލުމަށް ޢަމުރުކޮށްފައެވެ. އެ އަމުރު ޕީޖީން ވަނީ ހައި ކޯޓުގައި ވެސް އިސްތިއުނާފުކޮށްފައެވެ. ނަމަވެސް އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާޢީދުކޮށްފައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ހައި ކޯޓުން އެ އަމުރަށް ތާއީދުކުރުން ހިތްހަމަ ނުޖެހޭ ކަމަށެވެ. ޕީޖީން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި ޢަމުރުގައި ވަނީ، އެކޯޓުން އެ މައްސަލަ ނިމެންދެން ނުވަތަ ވަކި ގޮތަކަށް އަންގަވަންދެން އަޙްމަދު މޫސާ، ރާއްޖެއިން ބޭރަށް ފުރުން މަނާކުރަން ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަންގާކަމަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި، ފަނޑިޔާރު ޙުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޢަލީ ރަޝީދެވެ.

މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އިތުރުން ފައިސާ ނެގުމަށްފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތު އަޙްމަދު މޫސާގެ މައްޗަށްކޮށްފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC