
Moosun
ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި މި ހަފްތާ ބަންދުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވެއެވެ.
އެގޮތުން ހުކުރު ދުވަހު އުތުރާއި މެދުރާއްޖެ ތެރޭގެ ބައެއް އަތޮޅުތަަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެެހޭނެ ކަމަށް އެއިދާރާއިން ލަފާކޮށްފައިވެއެވެ.
އަދި ހޮނިހިރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އިން ލަފާކޮށްފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ.