logoEN
WAMCO TOP 1
ޕްރައިމަރީއަކާ ނުލާ 36 ދާއިރާގެ އެމްޑީޕީ ޓިކެޓް ކަށަވަރުވެއްޖެ

ޕްރައިމަރީއަކާ ނުލާ 36 ދާއިރާގެ އެމްޑީޕީ ޓިކެޓް ކަށަވަރުވެއްޖެ

އައިޝަތު އިފާޝާ

logo

1/3/2024, 7:41:38 PM

MDP

ޕްރައިމަރީއަކާ ނުލާ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ ޓިކެޓް 36 ބޭފުޅަކަށް ކަށަވަރުވެއްޖެއެވެ.

THE TRAVELLER AD

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ، މި ކެނޑިޓޭޓުންގެ ޕާޓީ ޓިކެޓް ކަށަވަރުވެފައިވަނީ، 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މިޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެމް.ޑީ.ޕީގެ މެމްބަރުންނަށް ޝައުޤުވެރިކަންފާޅުކުރުމުގެ ފުރުޞަތުގައި، އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ ކަމަށެވެ.

ޕްރައިމަރީއަކާ ނުލާ އެމްޑީޕީ ޓިކެޓް ކަށަވަރުވި ދާއިރާތައް:

ހޯރަފުށީ ދާއިރާ - އަޙްމަދު ސަލީމް/ ރަބީޢުމަންޒިލް / ހއ ހޯރަފުށި

އިހަވަންދޫ ދާއިރާ - މުޙައްމަދު ޢާރިފް / ނެދުންގެ / ހއ އިހަވަންދޫ

ވައިކަރަދޫ ދާއިރާ - ޙުސައިން ޒިޔާދު / ޖަވާހިރުގެ / ހދ ވައިކަރަދޫ

މަކުނުދޫ ދާއިރާ - މުޙައްމަދު ރާޢީ / ދަފްތަރު ރސ ނަންބަރު 8076 / މާލެ

މިލަންދޫ ދާއިރާ - އަލީ ރިޟާ / ހެޕީލޭންޑް / ށ މިލަންދޫ

ފުނަދޫ ދާއިރާ - މުހައްމަދު ޝާހިދު / ޑޭޒީމާގެ / ށ ޅައިމަގު

ހޮޅުދޫ ދާއިރާ - އަޙްމަދު ފާތިޙް / ކާމިނީގެ / ނ ހޮޅުދޫ

ދުވާފަރު ދާއިރާ - އިސްމާޢިލް އަޙްމަދު / ސޭޑީސައިޑް / ރ ކަނދޮޅުދޫ

ތުޅާދޫ ދާއިރާ - މުޙައްމަދު ޝަފީޤް / މއ ބެރިއަންފަރު / މާލެ

ހިންނަވަރު ދާއިރާ - ޖީހާން މަޙްމޫދު / ދޭލިޔާއާގެ / ޅ ހިންނަވަރު

މާފުށި ދާއިރާ - މުޙައްމަދު ލުޠުފީ / ނީލް / ކ މާފުށި

ތުލުސްދޫ ދާއިރާ - އިބްރާހިމް އަމީރު / ޖަނބުރޯޒްވިލާ / ގދ ގައްދޫ

މާމިގިލި ދާއިރާ - އަލީ އަމީޒް / ފިނިރޯޅި / އދ މާމިގިލި

ދިއްގަރު ދާއިރާ - އިކްރާމް ޙަސަން / މ މުލި / މާލެ

މީދޫ ދާއިރާ - އިޔާސް އިސްމާޢީލް ލަޠީފް / ބިއްލޫރިވިލާ / ދ މީދޫ

ގުރައިދޫ ދާއިރާ - ޙަސަން ޝިނާން / ހަވީރީ އައްސޭރި / ތ ގާދިއްފުށި

ފޮނަދޫ ދާއިރާ - ޙުސައިން އަބޫބަކުރު / ދަފްތަރު ނަންބަރު ރސ 7960 / މާލެ

ދާންދޫ ދާއިރާ - ޔަޢުޤޫބު އަބްދުﷲ / ކަކާގެ / ގއ ދާންދޫ

ގެމަނަފުށި ދާއިރާ - އަޙްމަދު ސަޢީދު - ސައިމާގެ / ގއ ދެއްވަދޫ

ކޮލަމާފުށި ދާއިރާ - ސައްޔާޙް ޚަލީލް - ހިތިލާގެ / ގއ ކޮލަމާފުށި

ތިނަދޫ އުތުރު ދާއިރާ - އަޙްމަދު ޤައިސް / ސަނީޑޭޅް / ގދ ތިނަދޫ

ފަރެސްމާތޮޑާ ދާއިރާ - އަޙްމަދު ޒަޢީމް / ވުލެޖް، މާތޮޑާއަވަށް / ގދ ފަރެސްމާތޮޑާ

ގައްދޫ ދާއިރާ - އަޙްމަދު ސަޢީދު މުޙައްމަދު / މައިފޫނާ / ގދ ވާދޫ

ފުވައްމުލަކު މެދު ދާއިރާ - ޙުސައިން މުޙައްމަދުދީދީ / ހުނުބޮލި، މާލެގަން / ޏ ފުވައްމުލައް

ހިތަދޫ އުތުރު ދާއިރާ - މުޙައްމަދު އަސްލަމް / ނިޔާޒް / ސ ހިތަދޫ

ހިތަދޫ ދެކުނު ދާއިރާ - އިބްރާހީމް ނާޒިލް / ނާއިލީމަންޒިލް / ސ ހިތަދޫ

މެދު ހެންވޭރު ދާއިރާ - އިބްރާހިމް އަލީ ޖަލީލް / ހ ނަވާގަން / މާލެ

ހެންވޭރު ދެކުނު ދާއިރާ - ހުސައިން ޝަމީމް / ހ އަދުންގެ / މާލެ

ގަލޮޅު ދެކުނު ދާއިރާ - މީކާއީލް އަޙްމަދު ނަސީމް / ހ ސްވޯރޑް / މާލެ

މައްޗަންގޯޅި އުތުރު ދާއިރާ - ޝިރުޣާމް ވަހީދު / މއ ވިރާހު / މާލެ

މައްޗަންގޯޅި ދެކުނު ދާއިރާ - މުޙައްމަދު ފަލާޙް / މ ކުޑަވެޔޮމަތީގެ / މާލެ

މާފަންނު މެދު ދާއިރާ - އަޙްމަދު އާމިރު / މ/ ޕޮމްޕިޔާ / މާލެ

މާފަންނު ދެކުނު ދާއިރާ - ޙަސަން އިޢާދު ސަލީމް / މއ ދިރޭ / މާލެ

މައްޗަންގޯޅި މެދު ދާއިރާ - އަކްރަމް ކަމާލުއްދީން / މއ އެވަރލާސްޓް / މާލެ

މީގެ އިތުރުން އެއް ކެންޑިޑޭޓަަކަށްވުރެން ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތައް ޤައުމީ މަޖްލީހުން ނިންމުމާއި އެއްގޮތަށް އެކަށައެޅިފައިވާ ވިލަރެސް ކޮމެޓީއިން ނިންމަވާގޮތެއް ފަހުގެ ތާރީހެއްގައި އިއުލާންކުރާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC