logoEN
Sto top
ވިއްސާރައިގައި މާލޭގެ 70 ގެއަކަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 4 ލައްކަ ރުފިޔާ ދެނީ

ވިއްސާރައިގައި މާލޭގެ 70 ގެއަކަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 4 ލައްކަ ރުފިޔާ ދެނީ

އައިޝަތު އިފާޝާ

logo

1/3/2024, 6:43:24 PM

Male' Flood

ވިއްސާރައިގައި މާލޭގެ 70 ގެއަކަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 4 ލައްކަ ރުފިޔާ ދޭން ހަމަޖެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

Wamco

އެންޑީއެމްއޭއިން މިއަދު ބުނީ، 31 ޑިސެންބަރު 2023 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި 70 ގެއަކަށް އެކިވަރުގެ ގެއްލުންވެފައިވުމާއި ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 457,246.20ރ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެންޑީއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، ވިއްސާރައިގައި ގެއްލުން ލިބުނު ކަމަށް ބެލެވޭ 154 ތަނެއްގެ އެސެސްމަންޓް ހެދުމަށް ކަނޑައަޅާފައިވެއެވެ. އޭގެ ތެރެއިން 87 ތަނެއްގެ އެސެސްމަންޓް ހަދާފައިވާއިރު، 19 ތަނަކީ އެކި ވިޔަފާރި ކުރާ ތަންތަން ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

އަދި 27 ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާކަން އަންގާފައިވާ ކަމަށާއި 21 ގެއަކަށް އެކި ސަބަބުތަކާ ހެދި ނުވަދެވޭ ކަމަށްވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

އަދި އެހީ ދިނުމަށް ހަމަޖެހިފައިވާ 70 ގޭގެ ތެރެއިން 34 ގޭބިސީގެ އިމާރާތަށް ގެއްލުންވެފައިވާ ކަމަށާއި، 248،381ރ ގެ ސްޓްރަކްޗަރަލް ގެއްލުން ލިބިފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ. އަދި 65 ގޭބިސީގެ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށާއި، އެގޮތުން ޖުމްލަ 1،044،308 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އެ ގެެއްލުމުގެ ބަދަލުގެ ގޮތުގައި އެ ގެތަކަށް 208،861.60 ރުފިޔާ ލިބޭނެ ކަމަށްވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside