logoEN
Sto top
މެޑްރިޑުން ތައްޓަށް ކުރަމުން އައި އުއްމީދު ބެންޒީމާ ދަމަހައްޓައިފި

މެޑްރިޑުން ތައްޓަށް ކުރަމުން އައި އުއްމީދު ބެންޒީމާ ދަމަހައްޓައިފި

އަހުމަދު މާހު

logo

3/14/2021, 12:27:41 PM

4E68B0D0-47D4-485C-910C-0F861BEB7514

ލަލީގާގައި ރޭ ރެއާލް ދަނޑުގައި އެލްޗޭ އާ ދެކޮޅަށް ކުޅުނު މެޗު ކަރީމް ބެންޒެމާގެ ދެ ގޯލުން ރެއާލް 2-1 ން ކާމިޔާބު ކޮށްފަ އެވެ.

Wamco

މެޗުގެ 73 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ލަނޑު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި ޓީމުގެ މިޑްފީލްޑާ ލުކަ މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ 90 މިނުޓު ހަމަވެގެން ކުޅުނު އިތުރުވަގުތުގައި ބެންޒެމާވަީ ރެއާލް މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކޮއްދީފައެވެ.މި މޮޅަށްފަހު ރޭއާލްމެޑްރިޑް ވަނީ ޓޭބަލްގެ އެއްވަނާގައި އޮއި އެޓްލެޓިކޯ މެޑްރިޑާއި 5 ޕޮއިންޓާއި ކައިރިކޮއްފައެވެ.

ރޭއާލްމެޑްރިޑްއަށް ދެންއޮންނާނީ އަންގާރަ ދުވަހު ރޭ ޗެންޕިއަންސް ލީގުގައި ގަދަ 16 ގައި އެޓްލާންޓާ އާ ދެކޮޅައްކުޅޭ 2 ވަނަ ލެގެވެ. މިމެޗު ކުޅޭނީ ރެއާލްމެޑްރިޑްގެ ދަނޑުގައެވެ.

ލަލީގާގެ ތިންވަނާގައި މިހާރު ބާސެލޯނާ އޮތީ 26 މެޗުން 56 ޕޮއިންޓާ އެކު އެވެ. މާދަމާރޭ ހުއެސްކާ އަތުން ބާސެލޯނާ މޮޅުވެއްޖެނަަމަ އެ ޓީމަށް ދެ ވަނަ އަށް އެރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެތުލެޓިކޯގެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަވާނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside