logoEN
cocacola
މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި

އައިޝަތު އިފާޝާ

logo

12/31/2023, 12:59:36 PM

Yellow Alert

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ގޮސިޔާ

މޫސުމާ ބެހޭ ގައުމީ އިދާރާއިން މީގެ ކުރިންވެސް ވަނީ ނ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އެފަހަރު ނެރުނު ރީނދޫ ސަމާލުގެ މުއްދަތު 13:00 އަށް ހަމަވާއިރު އެ ސަރަހައްދު ހިމެނޭހެން އިތުރު ސަރަހައްދަކާ އެކު އެ އިދާރާއިން މިހާރު ވަނީ އަނެއްކާވެސް ރީނދޫ ސަމާލު ނެރެފައެވެ.

އެގޮތުން ނ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް 13:00 އިން ފެށިގެން 17:00 އާ ހަމައަށް އެއިދާރާއިން ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ، އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ބައެއްް ރަށްތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެެ.

ކަމާ ބެހޭ އިދާރާތަކުން ވަނީ މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުއްވުމަށް އިލްތިމާސްކުރައްވާފައެވެ.

އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ދަތުރު ކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ