logoEN
cocacola
އާއަހަރާ ދިމާކޮށް ޔޫތު މިނިސްޓްރީން މިއަދަށް ތާވަލުކުރި ކުޑަކުދިންގެ ހަވީރު ކެންސަލްކޮށްފި

އާއަހަރާ ދިމާކޮށް ޔޫތު މިނިސްޓްރީން މިއަދަށް ތާވަލުކުރި ކުޑަކުދިންގެ ހަވީރު ކެންސަލްކޮށްފި

އަލްފާ އަލީ

logo

12/31/2023, 1:11:23 PM

1523648789

އާ އަހަރު ފާހަގަކުރުމަށް ޔޫތު މިނިސްޓްރީން މިއަދު ހަވީރު ބާއްވަން ތާވަލުކުރި ކުޑަކުދިންގެ ހަވީރު މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފި އެވެ.

ގޮސިޔާ

އައު އަހަރާ ގުޅިގެން ކުޑަކުދިންގެ ހަވީރު ބާއްވަން ނިންމީ މިއަދު ހަވީރު ހުޅުމާލެ ސެންޓަރަލް ޕާކުގައެވެ.

އަދި އެ މިނިސްޓްރީން މިރޭ ބޭއްވުމަށް ތާވަލުކުރި "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024"ގެ ރޭގަނޑުގެ ހަރަކާތްތައްވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފައެވެ.

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރީނދޫ ސަމާލު ނެރެފައެވެ. އެގޮތުން ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް އެއިދާރާއިން ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ބައެއްް ރަށްތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެެ.

ކަމާ ބެހޭ އިދާރާތަކުން ވަނީ މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުއްވުމަށް އިލްތިމާސްކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ