
މޫސުން ގޯސްވެ، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އެލާޓްލެވެލް މަތިކޮށްފި
Yellow Alert
މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލި ނެރެފި އެވެ.

މޫސުމަބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލުމެރެފައިވަނީ، ނ. އަތޮޅުން ފެށިގެން ވ. އަތޮޅަށް މިއަދު ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.
އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރުނު އިރު މޫސުމާބެހޭ އިދާރާއިން ވަނީ މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ނިމުތުކޮށް، އެމް.އެމް. އެސް އިން ނ. އަތޮޅުން ވ. އަތޮޅަށް ރީނދޫ އިންޒާރު ނެރެފައިވާކަމަށެވެ. އެހެންކަމުން ވިއްސާރައިގެ ސަބަބުން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުއްވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.