logoEN
ޕީއެންސީ 2
އެންމެ 18 ރުފިޔާއަށް އިޓަލީގައި ގެ ވިއްކަން ފަށައިފި

އެންމެ 18 ރުފިޔާއަށް އިޓަލީގައި ގެ ވިއްކަން ފަށައިފި

604aae81767a3

އިޓަލީގެ ޓައުން އެއްގައި އެއްވެސް ޑިޕޮސިޓަކާއި ނުލައި އެއް ޔޫރޯ އަށް ގެ ވިއްކަން ފަށައިފިއެވެ.

ޝަރީ 2024

އިޓަލީގެ ލޮރެންޒާނާ ޓައުންގައި މީހުން ދިރިނުއުޅޭ ފަޅުގެތައް ގަންނަން ބޭނުންވާ ފަރާތްތަކުން އެއްވެސް ޑިޕޮސިޓެއް ހުށަހަޅާކަށް ނުޖެހެއެވެ. އަދި އިޓަލީގެ އިދާރާތަކުން ހާމަކުރާ ގޮތުގައި ދެކުނު އިޓަލީގެ ލޯކަލް ޓެކްސް ކުޑަވުމާއި އެކު އެކަމުގެ ފައިދާވެސް އެ ފަރާތްތަކަށް ލިބޭނެކަމަށެވެ.

އެއް އިއުރޯ އަށް ގެ ވިއްކާ މި ސްކީމުން ގެ ގަންނަ ފަރާތްތަކުގެ އަތުން އެއްވެސް ޑިޕޮސިޓެއް ނުނެގި ނަމަވެސް ގެ މަރާމާތުކުރުމަށް ވަކި މުއްދަތެއް ކަނޑައެޅި އެ މުއްދަތުގެ ތެރޭގައި އެ ގެތައް ގަންނަ ފަރާތުން ނިންމަން ޖެހޭނެކަން އިޓަލީގެ އިދާރާ ތަކުން ހާމަކުރެއެވެ. އެގޮތުން ގެ ގަންނަ ދުވަހުން ފެށިގެން 3 މަސް ދުވަސް ތެރޭ ގޭގެ މަސައްކަތް ފެށި އެންމެ ގިނަވެގެން 3 އަަރު ދުވަހުން އެއްކޮށް މަރާމާތުކޮށް ގެ ނިންމަން ޖެހެއެވެ.

މި ގެތަކުގެ ބޮޑުމިން އުޅެނީ 430 އަކަފޫޓާއި 1600 އަކަފޫޓާ ދެމެދުގައެވެ.

undefined

މި ސްކީމުން ގެ ގަންނަ ފަރާތްތަކުން ގެއަށް ގެނެވޭނެ ބަދަލުތަކުގެ ޕްލޭން އެއް ހުށަހަޅަން ޖެހެއެވެ. އަދި ގެއަށް 20 ހާސް ޔޫރޯ ހަރަދުކުރަން އެއްބަސްވާނެ ޖެހޭނެ ކަމަށް ލޮރެންޒާނާ ޓައުންގެ މޭޔަރ މިޝޭލް އުންގާރޯ ވަނީ ވިދާޅުވެފައެވެ.

އިޓަލީގެ ދެކުނު ސަރަހައްދުގައިވާ ލޮރެންޒާނާ ޓައުންގެ އާބާދީ ބޮޑުތަނުން ދަށްވާން ފެށުމަކީ އެ ސަރަހައްދުގައި ހުރި ފަޅުގެތައް އެއްވެސް ޑިޕޮސިޓަކާއި ނުލައި އެހާ ކުޑަ އަގެއްގައި ވިއްކާލަން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ