logoEN
Sto top
ޗައިނާއިން އިރާގާއި ދެމެދު އޮންނަ ޙާރިޖީ ގުޅުން ބަދަހިކުރަނީ

ޗައިނާއިން އިރާގާއި ދެމެދު އޮންނަ ޙާރިޖީ ގުޅުން ބަދަހިކުރަނީ

2ad671e6d933c908315c6e7a6761ff81_L

ޗައިނާއިން އިރާޤާއި ދެމެދު އޮންނަ ޙާރިޖީ ގުޅުން ބަދަހިކޮށް ވަރުގަދަ ކުރަން ނިންމާފައިވާ ކަމަށް ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވެންގ ޔި ވިދާޅުވެއްޖެއެވެ.

Wamco

އިރާގުގެ ފޮރިން މިނިސްޓަރު ފުއާދު ހުސެއިން އާއި ފޯން އިން ގުޅުއްވާ ވާހަކަ ދައްކަވަމުން ޗައިނާގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމާއިއެކުވެސް ޗައިނާއަކީ އެންމެ ފުރަތަމަ އިރާޤަށް އެހީތެރިވުމުގެ ގޮތުން މެޑިކަލް އެކްސްޕާޓްސް އާއި އެންޓި އެޕިޑަމިކް ބެޗެސް ވެސް ސަޕްލައި ކޮށްދިން ގައުމުކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ޗައިނާއިން އަބަދުވެސް ގެންދަނީ އިރާޤަށް ނިއުސެކް އެސިޑް ޓެސްޓިން ލެބޯރޭޓަރީއެށް ހެދުމަށްވެސް އެހީތެރިވަމުންނެވެ.

ކޮވިޑް-19 އިން ސަލަމާތްވުމަށް ބޭނުންވާ ވެކްސިންގެ އާޑޯޒްއެއްވެސް އިރާޤްއަށް ދާދިފަހުން ފޮނުވިކަން ފާހަގަ ކުރައްވަމުން ޗައިނާގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި، ޗައިނާއިން އަބަދުވެސް އޮންނާނީ އިރާޤްގެ ރައްޔިތުންނަށް ބޭނުންވާ އެހިތެރިކަމާއި އެއްބާރުލުން ދޭން ތަައްޔާރަށް ކަމަށާއި، ހަމައެހެންމެ، ކޮވިޑް-19 އިން ސަލާމަތްވުމަށްވެސް އެހިތެރިވުމަށް ތައްޔާރަށް ކަމަށެވެ.

ޗައިނާއަކީ އަބަދުވެސް އިރާނަށް މެދުއިރުމަތީގެ ސުލްޙަ ގާއިމްކުރުމަށް އެހީތެރިވަމުންދާ ގައުމެކެވެ. އެގޮތުން ޗައިނާއަކީ އިރާޤުން އިސްލާމިކް ސްޓޭޓްސް (އައިއެސް) ޖަމާއަތާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ތަކާއި ކަންކަމަށް ވާގިދޭ އަދި ވާގަވެރިވާނެ ބައެއްކަންވެސް މިނިސްޓަރު ވެންގ ފާހަގަ ކުރިއެވެ.

ހަމައެހެންމެ، އިރާޤްގެ ފޮރިން މިނިސްޓަރުވެސް ވަނީ އިރާޤްއަށް ޗައިނާއިން ކޮށްދެމުންދާ ކަންކަމަށް އަދި އެހީ ވަމުންދާ އެހީތަކަށްވެސް ޝުކުރުއަދާކޮށްފައެވެ. މިނިސްޓަރު ހުސެއިން ވިދާޅުވިގޮތުގައި އިރާޤްއިން ވަރަށް ބޮޑަށް ޗައިނާއާއި އެއްކޮށް ޙާރިޖީ ގުޅުން ބާއްވަން އަދި ވަރުގަދަ ކުރަން އެދޭކަމަށާއި، އެކަމަކީ ދެގައުމުގެ ދެމެދުގައި ބައިލެޓެރަލް ކޯޕަރޭޝަން އުފެދި ތެލާއި ވިޔަފާރީގެ ދާއިރާއިން ދެގައުމަށްވެސް ލިބޭނެ ކުރިއެރުމެއްކަން ފާހަގަކޮށްފައެވެ.

ހަމައެހެންމެ، މިނިސްޓަރު ހުސެއިން ވަނީ އިރާގްއިން އަބަދުވެސް ކައިރި ގައުމުތަކާއި މެދުއިރުމަތީގެ ގައުމުތަކުގެ ސުލްޙަ ގާއިމްކޮށް ދެމިއޮތުމަށް މަސައްކަތް ކޮށްދެއްވާނޭ ކަމުގެ ޔަގީންކަން ޗައިނާގެ ފޮރިން މިނިސްޓަރަށް އަރުވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside