ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ތަފާތު ޖަމިއްޔާތައް މިހާރުވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުފެދިފައެވެ. އެ ޖަމިއްޔާތަކުން ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓުވުމަށް ކުރެވޭ ކެޕްޕޭން ތަކުގެ ސަބަބުން ވަރަށް ގިނަބަޔަކަށް ދުންފަތުން ލިބޭގެއްލުން އެނގި ދުންފަތާއި ދުރަށް ދިއުމަށް މަސައްކަތްކުރެއެވެ. ރާއްޖޭގައި ވެސް މިކަން މި ގޮޮތަށް އެބަކުރެެއެވެ. ވަކި ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހާ ޖޫރިމަނާ ކުރެވޭފަދަ ގޮތެއް ވެސް ސަރުކާރުން ވަނީ ތައާރަފްކޮށްފައެވެ. އެހެން ނަމަވެސް މި ކުޑަ ރާއްޖޭގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދެއް ނޫނެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާ މީހާގެ އިތުރުން ޅަދަރިންނަށް އެ ދުމުގެ ސަބަބުން ކުރާ އަސަރު ނުހަނު ބޮޑެވެ. ބައެއް މައިންބަފައިންނަށް ދުންފަތުގެ ދުމުން ތިމާގެ ޅަދަރިންނަށް ކުރާ ގެއްލުންދެނިވި އަސަރު އެގޭނަމަ ދުންފަތުގެ އިސްތިއުމާލުކުރުން މުޅިންހުއްޓާލާނެކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ.
ދުންފަތުގެ ދުމުން ކުޑަކުދިންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. ކުޑަކުދިންގެ ހަށިގަނޑަށް މިގޮތަށް ދުން ވާސިލްވަނީ، އާއިލާގެ ކޮންމެވެސް މީހަކު އެކުދިން ގާތުގައި ވަނިކޮށް ދުންފަތުގެ އިސްތިއުމާލްކުރުމުންނެވެ. މި ދަރިފުޅު ކައިރީގައި އަތުގަ ހިފައިގެެން ހުރެ ބައްޕަ ސިނގިރޭޓް ބޯ މަންޒަރު މަދުން ނަމަވެސް ފެނެއެވެ. ހެޔޮވާނީ ކިހިނަކުންތޯއެވެ.
ކުޑަކުދިންނާއި، ތުއްތު ކުދިންނަށް ދުމުގެ އަސަރުކުރާ މިންވަރު މަތީ ކީއްވެކަން އެނގޭހެއްޔެވެ؟ އެއީ ކުޑަކުދިން ނޭވާލާމިންވަރު އިތުރުވާތީއެވެ. ތުއްތު ކުދިންގެ ފުއްޕާމޭ އޭގެ ފުރިހަމަ ދަރަޖައަށް ބޮޑުނުވެއިނުމުން ހަލާކުވާލެއް ފަސޭހަވެއެވެ. ކުޑަކުދިންނަށް އެކުދިންނަށް ވާގޮތް ކިޔައިދޭން ނޭގުނެއެވެ. އެހެން ކަމުން ކުރިން ފިޔަވަޅެއް އެޅުމުގެ ފުރުސަތު ގެއްލެއެވެ. އަދި މީގެ އިތުރުން މިފަދަ ދުމުން ސަލާމަތް ވުމަށް އެކުދިންގެ ނަފުސު ނުކުޅެދިގެންވެއެވެ.
ދުންފަތުގެ ދުމުން ތިމާގެ ދަރިން ސަލާމަތް ކުރާނީ ކިހިނެއް؟
ދުންފަތުގެ އިސްތިއުމާކުރުން މުޅިން ހުައްޓާލުމަކީ މިކަމަށް އޮތް އެންމެ ރަގަޅު ހައްލެވެ. ނަމަވެސް ކުއްލިއަކަށް މިގޮތަށް ހުއްޓާލުން ވަރަށް ގިނަމީހުންނަށް އުދަގޫކަމަކަށްވެއެވެ. އެހެންކަމުން މަޑުމަޑުން ހުއްޓާލެވޭތޯ މަސައްކަތްކުރާށެވެ. އަދި މިގޮތަށް ހުއްޓާލުމަށް މަސައްކަތްކުރާ ދުވަސްވަރު ތިރީގައި މިބަޔާންކުރާ ގޮތަށް އަމަލުކުރެވިދާނެއެވެ.
1 ކާރުފަދަ ތަކެތި ބޭނުންކުރާނަމަ އޭގެތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރާށެވެ.
2 އެހެންމީހުން ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރިޔަ ނުދޭށެވެ. ގޭތެރޭގައި އަޅިކެނޑި ފަދަ ތަކެތި ނުބަހައްޓާށެވެ.
3 ހޮޓާ ނުވަތަ ރެސްޓޯރަންޓް ފަދަ ތަންތަނަށްދާއިރު ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ހިސާބެއްގައި އިންނާށެވެ.
4 ދަރިންގެ ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލުނުކުރާށެވެ. އެހެނީ މިގޮތަށް ކުރާނަމަ ދަރިންނަށް އެއީ ރަގަޅު އާދައެއް ކަމަށް ވިސްނި، ބޮޑުވުމުން ދުންފަތުގެ އިސްތިއުމާލު ކުރަންފެށުމަކީ ގާތްކަމެކެވެ.
5 ގެއިންބޭރުގައި ދުންފަތުގެ އިސްތިއުމާލުކުރާށެވެ. ގޭތެރޭގައި ކުރާނަމަ ކުދިން ވަދެނަހަދާ ތަނެއްގައި ނުވަތަ ބެލްކަނިފަދަ ތަނެއްގައި ހުރެވިދާނެއެވެ.
One Response
ވަރަން ރަގަޅެ ވާހަކައިކެ. ރަގަޅަންވެނެ ވޭލޭ މި އާރޓިކަލްއާ ލޭއިމީހި އަސް އެވަރަން ދުމެއަރުވައްނެއި