logoEN
ކޮކާކޯލާ
ޗެލްސީ އެއްވަރުވެ , ސިޓީ އެއްވަނާގައި ހަމަޖެހިލައިފި

ޗެލްސީ އެއްވަރުވެ , ސިޓީ އެއްވަނާގައި ހަމަޖެހިލައިފި

އަހުމަދު މާހު

logo

3/14/2021, 3:42:50 PM

0F6F8CF3-B5A1-4C03-875A-0E7937F70904

ހޮނިހިރު ދުވަހު ޕްރިމިއާލީގުގައި ޗެލްސީއާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު 1-1 ކުން އެއްވަރުވެއްޖެ އެވެ.

އަބުޅޯ

ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުން ލަނޑެއް ނުޖެހި ލީޑްސް ޔުނައިޓެޑާ އެއްވަރުވެ ޓޭބަލްގެ ތިން ވަނަ އަށް އަރަން ލިބުނު ފުރުސަތު ޗެލްސީން ވަނީ ގެއްލުވާލާފައެވެ އެވެ. ލީޑްސް ކޮޅައް ގޯލް ޖަހަން ހަވާޓްޒް އާއި ކްރިސްޓިއަން ޕުލިސިޗަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، ލީޑްސްގެ ޓައިލާ ރޮބާޓްސް ފޮނުވާލި ހަމަލާއެއް ޗެލްސީ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފަ އެވެ.

ޗެލްސީ ލީގުގެ ހަތަރު ވަނައިގައި އޮތީ ކުޅުނު 29 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. މިރޭގެ މެޗުގައި ގޯލުޖަހަން ގިނަ ފުރުސަތުތައް ޗެލްސީއަށް ލިބި ވަނީ ބޭކާރުވެގެން ދިޔަނަމަވެސް މިމެޗުގައި ގިނަވަގުތު ބޯޅަހިފަހައްޓާ ކުޅެފައިވަނީވެސް ޗެލްސީއިންނެވެ.

ލީގުގައި ރޭ ފުލަމް އަތުން 3-0 އިން މޮޅުވެ މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި 17 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ. ފުލަމް ކޮޅަށް ސިޓީން ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. މިމޮޅާއެކު އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ކުރީގައިވާ ސިޓީ އިން ވަނީ، ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއި ދެމެދުވާ ފަރަގު 17 ޕޮއިންޓަށް ފުޅާކޮށްފައެވެ.

ލީގުގައި 30 މެޗު ކުޅެގެން ސިޓީ އަށް 71 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށްވުރެ ދެމެޗު މަދުން ކުޅެގެން ޔުނައިޓެޑަށް ވަނީ 54 ޕޮއިންޓް ލިބިފައެވެ. 53 ޕޮއިންޓާއެކު ތާވަލްގެ ތިންވަނާގައި އޮތީ ލެސްޓަރ ސިޓީ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ