ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮޮލިފައިންގައި ރާއްޖޭ ހިމެނޭ މެޗުތަށް ޗައިނާގައި

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ބާކީ ހުރި މެޗުތައް ޗައިނާގައި އަންނަ ޖޫން މަހު ކުޅޭ ގޮތަށް އޭއެފްސީން ނިންމައިފިއެވެ.

އޭއެފްސީން މިއަދު ވަނީ ސެންޓްރަލައިޒްކޮށް ކޮލިފައިންގެ ބާކީ ހުރިހާ މެޗުތަށް ކުޅޭނެ ގައުމުތަށް ނިންމައިފައިވާއިރު ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗުތަށް ހޯސްޓްކުރަން ނިންމައިފައިވަނީ ޗައިނާގައި އެވެ. ޗައިނާގެ އިތުރުން ދެން ހުރި ގްރޫޕްތަކުގެ މެޗުތަކުގެ ހޯސްޓުންނަށް ހަމަޖައްސާފައިވަނީ ކުވޭތާއި ބަހްރޭން، ސައުދީ އަރަބިއްޔާ، ގަތަރު، ޖަޕާން، ޔޫއޭއީ އިތުރުން ކޮރެއާ ރިޕަބްލިކްގައި އެވެ.

ކޮވިޑް-19 ގެ ހާލަތުން އަދި މިހާތަނަށް އެއްކޮށް އަރައިގަނެވިފައި ނުވާތީ ކޮލިފައިންގ މެޗުތައް ސެންޓްރަލައިޒްކޮށްގެން ބާއްވަން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީން ނިންމިއެވެ. އެހެންކަމުން ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް އަންނަ މެއި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން މިހާރު ވަނީ ނިންމާފައެވެ. އޭއެފްސީން މިހާރު ތާވަލުކޮށްފައިވާ ގޮތުން ޖޫން މަހުގެ 15 ވަނަ ދުވަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލާއިރު، ސެޕްޓެމްބަރު މަހުގެ ތެރޭގައި ފައިނަލް ބުރުގެ ކުޅުން ފެށުމަށް އޭއެފްސީގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުން ނިންމާފައެވެ. ރާއްޖޭ ހިމެނޭ ގުރޫޕުގެ ބާކީ ހުރި މެޗުތަކަކީ

 ޗައިނާ – ރާއްޖެ، ގުއާމް – ފިލިޕީންސް (ޖޫން 3)

– ގުއާމް – ޗައިނާ، ރާއްޖެ – ސީރިއާ (ޖޫން 7)

– ޗައިނާ – ފިލިޕީންސް، ގުއާމް – ސީރިއާ (ޖޫން 11)

– ޗައިނާ – ސީރިއާ، ރާއްޖެ – ފިލިޕީންސް (ޖޫން 15)

ޗައިނާ އިން ސެންޓަރަލައިޒްކޮށް ހުރިހާ މެޗެއް ކުޅެން އެންމެ ފުރަތަމަ ބޭނުންވީޝަންހާއީގެ ޕުޑޮން ސްޓޭޑިއަމްގަ އެވެ. އެކަމަކު ފަހުން އެ ދަނޑުގައި މެޗުތައް ކުޅެވޭ ގޮތް ނުވުމުން މިހާރު މެޗުތައް ކުރިއަށްގެންދަން ކަނޑައަޅާފައިވާ ސިޓީ އަކީ ސޫޒޯ އެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް