
މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ
ސްޓެލްކޯ| Stelco
މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ، އެކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތަށް މައްޗަންގޮޅީގެ ޖަވާހިރު މަގު، މުއިވެޔޮ މަގު، ކޯރުކެނޑި މަގު އަދި އަސަރީ ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 17:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމުގައެވެ.
ސްޓެލްކޯ އިން އަންނަނީ އެކުންފުނީގެ ކަރަންޓު ވިއުގަ އަފްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ މަސައްކަތް ކުރާ ވަގުތުތަކުގައި އެ ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެތީ އެކަމަށް އާއްމުން ސަމާލުވުމަށް އިލްތިމާސްކުރެ އެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މާފަށް އެދިފައެވެ.