logoEN
Sto top
ގެމަނަފުށީ ވިޔަފާރިވެރިން ހޭލުންތެރިކުރުވުުމަށް ފުލުހުން ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ގެމަނަފުށީ ވިޔަފާރިވެރިން ހޭލުންތެރިކުރުވުުމަށް ފުލުހުން ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

3/12/2021, 9:23:58 AM

Gemanafushi

ވިޔަފާރިވެރިން އިތުރަށް ހޭލުންތެރިކުރުވުުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގއ. ގެމަނަފުށި ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ޙާއްސަ ޕްރޮގްރާމެއް އެ ރަށު ޕޮލިސްސްޓޭޝަނުން އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

Wamco

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމަށްޓައި ވިޔަފާރިވެރިން އިތުރަށް ހޭލުންތެރިކުރުވުުމަށް ފުލުހުން ކުރިޔަށްގެންދިޔަ މި ޕްރޮގްރާމް ކުރިޔަށްގެންގޮސްފައިވަނީ މިދިޔަ ހަފްތާގެ ބުދަދުވަހުއެވެ. މި ޕްރޮގްރާމްގައި، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެކި ނަންނަމުގައި ކުރިއަށް ގެންދާ ފޯނު ކޯލުތަކުން ސަލާމަތްވެ ރައްކާތެރިވުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ވިޔަފާރި ކުރުމަށްފަހު އޮންލައިންކޮށް ފައިސާދެއްކި ކަމުގެ ސައްހަނޫން ސްލިޕް ފޮނުވާ މައްސަލަތައްވެސް ހިނގަމުންދާތީ ފައިސާ ލިބުނުތޯ ޔަގީން ކުރުމަށްފަހު ނޫނީ މުދާ ދޫނުކުރުން އަދި އެފަދަ ކަންކަމުން ރައްކާތެރިވުމަށް މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، ކުޑަކުދިންނަށްނަށް ސިނގިރެޓު ނުވިއްކުމަށާއި ކުށެއް ހިންގަފާނެ ކަމަށް ބެލެވޭ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް އެކަމެއް ފުލުހުންނަށް ރިޕޯޓު ކުރުމަށް އިރުޝާދު ދީފައިވެއެވެ. އަދި ސީސީޓީވީ ކެމެރާ ހަރުނުކޮށްހުރި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމުގެގޮތުން ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ.

އަދި ފިހާރަ ބަންދުކޮށްފައިދާއިރު ފިހާރާގައި ފައިސާ ނުބެހެއްޓުމަށާއި ފިހާރާގައި އަލިކަން ބެހެއްޓުމާއި ރަނގަޅަށް ތަޅުލެވުނުތޯ ޔަގީން ކުރުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ވައްކަމެއް ހިންގައިފިނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށް އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް މައުލޫމާތު ދީފައިވެއެވެ.

ވިޔަފާރިވެރިން ހޭލުންތެރި ކުރުމަށް މައުލޫމާތު ދިނުމުގެ މިފަދަ ސިލްސިލާ ޕްރޮގްރާމްތައް ފުލުހުން އަންނަނީ އަތޮޅުތެރޭގައި ހިންގަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside