ކޮނޑޭގައި ސޯލާއިން ކަރަންޓް އުފެއްދުމުގެ މަސައްކަތް މިއަހަރު ފެށިގެން ދާނެ: މިނިސްޓަރު ޑރ ހުސެއިން

އިރުގެ އަލިން ކަރަންޓް އުފެއްދުމުގެ މަސައްކަތް މި އަހަރު ކޮނޑޭގައި ފެށިގެން ދާނެ ކަމަށް ތިމާވެއްޓާބެހޭ ވަޒީރު ޑރ . ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ގްރީން ކްލައިމެޓް ފަންޑުންނާއި އެންވަޔަރުމެންޓް މިނިސްޓްރީ އާއި ޔޫއެންޑީޕީއިން ފަންޑްކޮށްގެން ދިވެހި ސަރުކާރުން ގއ ކޮނޑޭގައި ޤާއިމު ކޮށްފައިވާ ވާރޭ ފެނުގެ ނިޒާމް ބެލެހެއްޓުން ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކުރުމަށް ކޮނޑޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ ޑރ ހުސެއިން ވިދާޅުވިގޮތުގައި ކޮނޑޭގައި ސޯލާ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ މަސައްކަތަށް ބޭނުންވާ ބަޖެޓްވަނީ މިސަރުކާރުން ހޯދައިދީފައި ކަމަށެވެ. އަދި މާގިނަދުވަސްތަކެއް ނުވެ މިމަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވިގޮތުގައި މި މަޝްރޫއު އަކީ ދިވެހި ސަރުކާރާއި، ޔޫއެންޑީޕީ އާއި ގްރީން ކްލައިމެޓް އާއި އެކު ކުރިޔަށް ގެންދާނެ މަޝްރޫއެކެވެ.

ސަރުކާރުން އަންނަނީ އާބާދީ ކުޑަ ރަށްރަށުގައި އިރުގެ އަލިން ކަރަންޓް އުފެއްދުމަށްޓަކައި މަޝްވަރާތަށް ކުރަމުންނެވެ. އަދި މިއަހަރު ތެރޭގައި ބައެއް ރަށްރަށުގައި މި މަސައްކަތް ކުރުމަށްޓަކައި ވަނީ ބަޖެޓްވެސް ކުރެވިފައިއެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓަރ ހުވަދު އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ވަނީ ގއ. އަދި ގދ. ގައި ހިމެނޭ އަށް ރަށެއްގައި ގާއިމުކުރި ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމު، ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިއެވެ. އަދި މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި  ޔޫއެންޑީޕީން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އަކީކޯ ފުޖީވެސް ވަނީ ބައިވެރިވަޑައިގެންފައިއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް