ވެކްްސިން ޖަހަން ގިނަ ބަޔަކު ކުއްލިއަކަށް ކިޔޫތަކަށް ، މިވީ ކިހިނެތް؟

ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހުމަށް ދާ މީހުން ގިނަވެ ކިޔުތަށް މިވަނީ ދިގުވާން ފަށާފައިއެވެ. އެގޮތުން މާލޭގެ އިތުރުން ރަށްރަށުގައިވެސް ވެކްސިން ޖެހުމަށް ދާ މީހުން ގިނަވެ ވެކްސިން ޖެހުމުގެ ގަޑި ހަމަވާ އިރުވެސް ގިނަ ބަޔަކު ކިޔޫގައި ތިބޭތަން މިވަނީ ފެންނަން ފަށާފައިއެވެ.

އެގޮތުން ބުރާސްފަތި ދުވަހު އެކަނިވެސް ރާއްޖެއިން ވެކްސިން ޖެހިމީހުންގެ އަދަދު މިވަނީ ރިކޯޑް އަދަދަކަށް މައްޗަށް ގޮސްފައިއެވެ. ބުރާސްފަތި ދުވަހު އެކަނިވެސް ރާއްޖެއިން 11،474 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސްހިސާބުތަކަށް ދައްކައެވެ.

ކުއްލިޔަކަށް ކިއޫތަށް މިހާދިގުވާންވީ ސަބަބެއް އޮޅުންފިލުވާލަމަށް ގާފު މީޑިއާ ގްރޫޕްގެ ނޫސްވެރިން ވަނީ ގދ ތިނަދޫގައި ވެކްސިން ޖަހަންގޮސް ތިބި ބައެއް މީހުންނާއި ސުވާލުކޮށް މިވާގޮތް އޮޅުންފިލުވާފައިއެވެ. ގިނަ ބަޔެއްގެ ޖަވާބު ހަމަ އެއްގޮތެވެ. މައިގަނޑު ގޮތެއްގައި ވެކްސިން ޖަހަން ގޮސް މީހުންގެ ފަރާތުން މިލިބެނީ ދެޖަވާބެކެވެ.

ދެ ޑޯޒު ފުރުހަމަކުރުމަށްފަހު ރަށްރަށުގައި ގޮސް ކަރަންޓީނުވާން ލުއިތަކެއް ލިބޭތީ

" ކަރަންޓީނުނެވެ މާލެ ދެވެން އޮތީ ވެކްސިން ޖަހައިގެންތާ! ރޯދަ ނިންމާފަ އީދަށް މާލެ ދެވޭނެ ކަމަށް މި ޖަހަނީ ހަމަ " ތިނަދޫ ކޮވިޑް ފެސިލިޓީއަށް' ވެކްސިން ޖަހަންގޮސް ހުރި އުމުރުން 21 އަހަރުގެ ޒުވާނަކު ގާފަށް މައުލޫމާތު ދެމުން ބުންޏެވެ.

ވެކްސިންގެ ދެ ޑޯޒު ފުރުހަމަކުރުމަށްފަހު ރަށްރަށުގައި ގޮސް ކަރަންޓީންވާކަށް ނުޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ބުނެފައިއެވެ. ވެކްސިން ނުޖަހާ ނަމަ، ދުވަސްކޮޅަކުން ދަތުރުކުރުން ފަދަ ކަންކަމުގައި އުނދަގޫތަކެއް މެދުވެރިވުން ގާތް ކަމަށާއި ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރި ކަމުގެ ޔަގީންކަމަށް ކުރިއަތް އޮތް ތަނުގައި ގައުމުތަކުން އެދޭނެތީވެ ސަރުކާރުގެ ވިސްނުމަކީ ކުރިއަށް އޮތް ދެތިން ހަތަރު މަސް ތެރޭގައި ވެކްސިން ޕާސްޕޯޓް ދޫކުރުން ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން މިމަހުގެ 15 ގައި ނިޔަލަށް

"ވެކްސިން ޖަހަންހުރީ ތަންކޮޅެއް ލަސްކޮށްލާފަ ، އެކަމަކު މިހާރު މިމަހުގެ 15 ގެ ފަހުން ފުރަތަމަ ޑޯޒް ނުޖެހެއޭ ކިޔާތީ މިއައީ އަވަހަށް ޖަހަން " ތިނަދޫ ކޮވިޑް ފެސިލިޓީއަށް ވެކްސިން ޖަހަންގޮސް ހުރި އެހެން ޒުވާނަކު ގާފަށް މައުލޫމާތު ދެމުން ބުންޏެވެ.

ސަރުކާރުން ނިންމާފައިވަނީ ކޮވިޑް-119 ވެކްސިންގެ ފުރަތަމަ ޑޯޒް މިމަހުގެ 15 ގެ ނިޔަލަށް ޖަހަމުންގެންދިއުމަށެވެ. އަދި އެޔަށްފަހު ފުރަތަމަ ޑޯޒް ޖެހުން މެދުކަނޑާލުމަށްފަހު ދެވަނަ ޑޯޒް ޖަހަން ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

އެޗްޕީއޭ އިން ވަނީ ވެކްސިން ޖެހުމުގައި އާންމުގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިއެވެ. ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެފައިވަގޮތުގައި ރާއްޖޭގެ ސިއްހީ ނިޒާމްގައި ދުވާލެއްގެ މައްޗަށް 10،000 މީހުންނަށް ވެކްސިން ޖެހުމުގެ ޤާބިލްކަން ލިބިފައިވެއެވެ.

ރާއްޖޭގައި 18 އަހަރުން މަތީގެ އެންމެނަށް ވެކްސިން ދޭން މިހާރު ވަނީ ނިންމާފައެވެ. ވެކްސިންގެ ކަންކަން މިހާރު179 ސެންޓަރެއްގަ ކުރިޔަށް ގެންދައެވެ. އެއީ ގްރޭޓަރ މާލޭގެ 8 ވެކްސިނޭޝަން ސެންޓަރަކާއި، މޯބައިލް 2 ވެކްސިނޭޝަން ސެންޓަރަކާއި އަތޮޅުތެރޭގެ 169 ވެކްސިނޭޝަން ސެންޓަރަކުންނެވެ. އަދި ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް މިހާރު ވެކްސިން ޖެހުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައިއެވެ.

ރާއްޖޭގައި މިހާރު ޖަހަމުންގެންދަނީ އިންޑިއާގެ ސަރުކާރުން ހަދިޔާކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިންގެ 200،000 ޑޯޒެވެ. އަދި ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ "ކޮވިޝީލްޑް" ގެ އިތުރު ޑޯޒްތައްވެސް ސީރަމް އިންސްޓްޓިއުޓް އިން ގަންނަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް