logoEN
Sto top
އިންޑިޔާގެ ސިރަމް ކުންފުންޏާއެކު ކޮވިޑް ވެކްސިން ގަތުމަށް ސޮއިކޮށްފި

އިންޑިޔާގެ ސިރަމް ކުންފުންޏާއެކު ކޮވިޑް ވެކްސިން ގަތުމަށް ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

3/12/2021, 9:01:37 AM

big_C12S99Zf5BXDsCd5l83OzfRbi

ކޮވިޑް ވެކްސިން ހޯދުމަށްޓަކައި އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ ލިމިޓެޑާއި ސިރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޓެޑާ ދިވެހި ސަރުކާރާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

Wamco

ންޑިޔާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ ލިމިޓެޑާއި ސިރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޓެޑުން އުފެއްދަމުން ދަނީ " ކޮވިޝީލްޑް " ވެކްސިންއެވެ.

މާލިއްޔަތު ޤާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް ނިންމައި، އެކަން ހާމަކޮށް ރޭ ނެރުނު މިނިސްޓްރީ އޮފް ފިނޭންސްއިން ނެރުނު ޤަރާރެއްގައި ސަރުކާރުން މިކަން ވަނީ ހާމަކޮށްފައިއެވެ.

ފިނޭންސްގެ ޤަރާރުގައި ބުނެފައިވާ ގޮތުގައި ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ ލިމިޓެޑާއި ސިރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިއެވެ. އެހެންނަމަވެސް ސޮއިކޮށްފައިވަނީ ކިހާ އަދަދެއްގެ ވެކްސިންއެއް ގަތުމަށްކަމަށް ފިނޭންސް އިން ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި މިހާރުވެސް ޖަހަމުން އަންނަނީ އިންޑީއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝިލްޑް ވެކްސިންއެވެ. އިންޑިއާއިން ވަނީ މިހާތަނަށް ރާއްޖެއަށް ކޮވިޝިލްޑްގެ ދެ ލައްކަ ޑޯޒް ހަދިޔާކޮށްފަ އެވެ.

ސަރުކާރުން ވަނީ ވެކްސިންގެ ހަތްލައްކަ ޑޯޒް ގަތުމަށް ސިންގަޕޫރުގެ ކުންފުންޏަކާއެކުވެސް އެއްބަސްވެފަ އެވެ. އެ ވެކްސިންގެ އިތުރުން ޗައިނާއިންވެސް ވަނީ ރާއްޖެއަށް ހިލޭ ދެ ލައްކަ ވެކްސިން ޑޯޒްދޭނެކަން ހާމަކޮށްފަ އެވެ. އަދި ޗައިނާއިން ވަނީ މިހާތަނަށް 10،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިއެވެ.

ކޯވިޑް-19 ވެކްސިންސް ގްލޯބަލް އެކްސެސް (ކޮވެކްސް) އިންވެސް ވަނީ ރާއްޖެއަށް ވެކްސިންގެ 12،000 ޑޯޒް މިހާތަނަށް ފޯރުކޮށްދީފަ އެވެ. އަދި އިތުރަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside