logoEN
ކޮކާކޯލާ
އިންޑިއާގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ  ސުނިލް ޗެތްރީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

އިންޑިއާގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ސުނިލް ޗެތްރީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

އަހުމަދު މާހު

logo

3/11/2021, 6:50:46 PM

74677135_446600615990571_870039311926427648_n

އިންޑިއާގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ސުނިލް ޗެތްރީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެެއެވެ.

އަބުޅޯ

އިންޑިއާގެ ގައުމީޓީމްގެ ކެޕްޓަން އަދި ބެންގަލޫރޫ އެފްސީގެ ސްޓްރައިކަރ ސުނިލް ޗެތްރީ ކޮވިޑް 19 އަށް ޕޮޒިޓިވްވިކަން ބުރާސްފަތިދުވަހު ވަނީ އިއުލާން ކޮއްފައެވެ.

އޭނާ އެކަން އިއުލާންކޮއްފައިވަނީ ޓުވީޓެއް މެދުވެރިކޮށެވެ. "ހަބަރަކީ އެހާ އުފާވެރި ހަބަރެއްނޫން. އަހަރެން ވަނީ މިއަދު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. ހާލަތު އެހާގޯސް ނޫން ، ބޭނުން ވަނީ އަވަހަށް ރިކަވާ ވެގެން ދަނޑައް ނުކުންނަން. ކޮވިޑް 19 އިން ރައްކާތެރިވުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށް އެންމެންގެ ކިނބައިން އެދެން '' ޗެތްރީގެ ޓުވީޓުގައި ބުނެއެވެ.

View post on Twitter

ސުނިލް ޗެތްރީވަނީ އިންޑިއާ ގައުމީޓީމާއެކު އޭއެފްސީ ޗެލެންޖްކަޕް 1 ފަހަރު އަދި ސާފް ޗެމްޕިންޝިޕް 2 ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ބެންގަލޫރޫ އެފްސީއާ އެކު އިންޑިއަން ސުޕަކަޕް 1 ފަހަރު އަދި އިންޑިއަން ސުޕަލީގް 1 ފަހަރު ކާމިޔާބުކޮއްފައެވެ. އަދި އިންޑިއާގެ މޮޅުކުޅުންތެރިޔާގެ މަގާމު އޭނާ ވަނީ 7 ފަހަރު ކާމިޔާބު ކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ