
ތިނަދޫ ދެކުނު ސަރަހައްދު ޖެޓީ ވަގުތީ ގޮތުން ހުސްކުރުމަށް އަންގައިފި
A1B3D934-E02E-4299-9A3F-7A1878DA7F5B
ގދ.ތިނަދޫ ދެކުނު ސަރަހައްދުުގެ ޖެޓީގައި އަޅާފައި ތިބި އުޅަދުތަށް ނެގުމަށް އެރަށު ކައުންސިލް އިން އެދެފިއެވެ.

ދެކުނު ސަރަހައްދު ޖެޓީގެ ކޯސްޓްގާޑަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދުން ފެށިގެން ގޭސް ޕްލާންޓް ކުރިމަތީ ޖެޓީ އާއި ދެމެދު ސަރަހައްދުގައި އަޅާފައިވާ އުޅަދުތަށް ނެގުމަށް ވަނީ އަންގާފައެވެ.
ތިނަދޫގައި މިހާރު ޤާއިމް ކުރަމުންދާ ޕޯޓާ ގުޅިގެން އެސަރަހައްދުގެ ފަޅު ފުންކުރުމަށް އުޅަނދުފަހަރުތަށް ހުސްކުރަން އަންގާފައިވަނީ 12 މާރިޗް 2021 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިންނެވެ.
މިސަރަހައްދަކީ ގިނަ ބަޔަކު މަސްވެރިކަމަށް ބޭނުން ކުރާ ޑިންގީތަށް އަޅާފައިވާ ތަނެކެވެ. އަދި މީ އެރަށުގައި ދޮންވެލި ޖެޓީގެ ގޮތުގައި މަޝްހޫރު ވެފައިވާ ސަރަހައްދެކެވެ.