logoEN
ޕީއެންސީ 2
ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް ނޮމިނޭޝަނަށް ހުޅުވާލައިފި

ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް ނޮމިނޭޝަނަށް ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

3/11/2021, 4:32:31 PM

AFE9678C-8BBB-47C2-8147-46CF9A631CDE

ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގެ ޝަރަފުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޝަރީ 2024

ޓޫރިޒަމް ދާއިރާގައި ހިދުމަތް ދޭ ފަރާތްތަކަށް ވާދަކުރެވޭ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭޕްރިލް 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ސަޓާ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮންލައިންކޮށް ވަނީ ހުޅުވާލެވިފައިއެވެ.

ސަޓާ އެވޯޑްސްގެ ނޮމިނޭޝަން އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ 52 ކެޓަގަރީ އަކަށެވެ. މީގެ އިތުރުން ސަޓާއިން އަންނަނީ ވިޒިޓާޒް ޗޮއިސް އެވޯޑްސް އަދި ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ވެސް ދިނުމަށް ވަނީ ނިންމާފައިއެވެ.

ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. ހައިރައިޒުން އިންތިޒާމު ކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ ސަޓާ މިއަދު ވެފައިވަނީ، ސަރަހައްދީ ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ އަދި ކޮށްދެމުން އަންނަ އެވޯޑަކަށެވެ. އެގޮތުން އެ މަސައްކަތުގެ އަގު ވަޒަންކޮށް 15 އަށްވުރެ ގިނަ ބައިނަލްއަގްވާމީ އަދި ސަރުކާރުގެ އިދާރާތަކުން ސަޓާ އެވޯޑްސް ވަނީ އެންޑޯސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ