logoEN
cocacola
މެމްބަރު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހަށް ހުށަހަޅައިފި

މެމްބަރު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހަށް ހުށަހަޅައިފި

އައިޝަތު އިފާޝާ

logo

12/19/2023, 12:53:56 PM

Mohamed Shifau (Ihavandhoo MP)

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

ގޮސިޔާ

މެންބަރު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލައިގައި މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އަށް މަރުގެ އިންޒާރުދިނުމާ ގުޅިގެން އެމައްސަލަ ބައްލަވާ، ތަހުގީގުކޮށްދެއްވުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތަށް ވާނީ އެ އިދާރާއިން މައްސަލަ ހުށަހަޅާފައި ކަމަށެވެ. އަދި އެމެންބަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުން އެދި ދިފާއީ ވުޒާރާގައި އެދިފައިވާ ކަމަށްވެސް މަޖިލިސް އިދާރާއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މަގާމުން އަޒުލުކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވިދާޅުވެފައިވަނިކޮށެވެ. މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ މެންބަރުންގެ ވޯޓުން އެކަނި ރައީސް ވަކިކުރެވޭ ގޮތަށް އިއްޔެ ވަނީ ފާސް ވެސް ކޮށްފަ އެވެ.

އިއްޔެ ޝިފާއުއަށް މަރުގެ އިންޒާރު ދިނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅި އިރު، އިންޒާރުން ދިން މައްސަލަ އެމްޑީޕީން ކުށްވެރިކޮށް، ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނީ ޝިފާއު އަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ގޮވައިލާ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ އިދިކޮޅު ޕާޓީއަކުން ކުރާނެ އެންމެ މާތް އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށާއި އެ ދުސްތޫރީ ޒިންމާ އަދާކުރުމުން މަރުގެ އިންޒާރުދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި މެމްބަރުންނަކީ އެ މެމްބަރުންނަށް ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާ ރައްކާތެރިކަން ފޯރުކޮށް ދޭން ޖެހޭ ބަޔަކަށްވާތީ، މަޖިލީހުގެ އެންމެހާ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ސަލާމަތީ ޚިދުމަތްތަކަށް އެމްޑީޕީން ގޮވާލާފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ