logoEN
cocacola
ދެވަނަ ދައުރަކާއި މެދު ނުވިސްނަން ، ފޯކަސްހުރީ 2018 ވަނަ އަހަރުގެ ރިޔާސީ ވައުދުތައް ފުއްދުމަށް: ރައީސް

ދެވަނަ ދައުރަކާއި މެދު ނުވިސްނަން ، ފޯކަސްހުރީ 2018 ވަނަ އަހަރުގެ ރިޔާސީ ވައުދުތައް ފުއްދުމަށް: ރައީސް

އަހުމަދު ޝުރާއު

logo

3/11/2021, 9:00:00 AM

180273_918dc6b4-8_

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި ގުޅޭ ގޮތުން އަދި ނުވިސްނަވާ ކަމަށާއި، މިހާރު ފޯކަސް ހުރީ 2018 ވަނަ އަހަރުގެ ރިޔާސީ ވައުދުތައް ފުއްދުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އިއްޔެ ވާޗުއަލްކޮށް ނޫސްވެރިންނާ ބައްދަލުކުރައްވާ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ވެރިކަމާއި އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގެ އަޒުމުގައި ކަމަށާއި، އެ ނޫން ކަމެއް މިވަގުތު ވިސްނުމުގައި ނެތް ކަމަށެވެ. އަދި ދެވަނަ ދައުރަކާއި މެދު ވިސްނައިގެން ވެރިކަން ކުރާނަމަ ރައްޔިތުންނަށް ހިދުމަތް ނުކޮށްދެވޭނެ ކަމަށެވެ.

އެހެންކަމުން ދެވަނަ ދައުރަކާއި މެދު ވިސްނައިގެން ވެރިކަން ކުރައްވާ ބޭފުޅުން ވިސްނާނީ ވެރިކަމުގައި ދެމި ހުރުމަށް އެކަނި ކަމަށާއި އެފަދަ ވެރިޔަކު މަޝްރޫއުތައް ހިންގާނީ ހަމައެކަނި ތާއީދު ބޮޑުވާނެ ގޮތް ވިސްނައިގެން ކަމަށާއި، ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައ ވައުދުތައް ނުފުއްދައި ދެވަނަ ދައުރަކާއި މެދު ވިސްނަން ހެޔޮނުވާނެ ކަމަށާއި ރައްޔިތުން އެކަން ބަލައެއް ނުގައްނާނެކަމަށެވެ. އެހެން ކަމުން އެމަނިކުފާނުގެ މިވަގުތު ފޯކަސް ހުރީ ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ