logoEN
cocacola
ވެރިކަމަށް އައި އިރު އިގްތިސާދީ ހާލަތު އޮތީ ވަރަށް ގޯސްކޮށް - ރައީސް

ވެރިކަމަށް އައި އިރު އިގްތިސާދީ ހާލަތު އޮތީ ވަރަށް ގޯސްކޮށް - ރައީސް

އަހުމަދު ޝުރާއު

logo

3/10/2021, 5:38:53 PM

big_gRzCnCqc1z2FEUG0nTTNg0IGE

ވެރިކަމަށް އައި އިރު އިގްތިސާދީ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި ސަރުކާރުން ވައުދުވި ޕްރޮޖެކްޓުތަށް ހިންގަން ޖެހުނީ ލޯނު ނަގަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ދަރަނި ބޮޑުވަމުން އަންނަ ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވިގޮތުގައި ސަރުކާރު ބަދަލުވި އިރު އިގްތިސޯދު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި ވައުދުވި ޕްރޮޖެކްޓުތަށް ހިންގަން ލޯން ނެގި ކަމުގައި ވީ ނަމަވެސް އޭރު އުންމީދު ކުރީ އިގްތިސޯދު ރަނގަޅު ވެގެން ދާނެ ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ ދެ އަހަރު ލޯނު ނަގައިގެން ޕްރޮޖެކްޓް ހިންގުމަކީ ކުރިންވެސް ޕްލޭން ކުރިވެފައި އޮތް ގޮތް ކަމަށާއި، އޭރުން ސަރުކާރުގެ ފަހު ދެ އަހަރު ރަނގަޅު ވާނެ ކަމަށް ލަފާކުރި ކަމުގައިވީ ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާއި އެކު މިހާރު މިވަނީ އެކަމަށް ދަތިތަކާއި ކުރިމަތިވެފައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އަދި މިވަގުތު ރާއްޖޭގެ ދަރިނި ހުރީ 86.51 ބިލިއަން ރުފިޔާގައި ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ރަނގަޅު ދިމާލަށް ދާނެކަމަށް ބުނުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި ނަމަވެސް އެމަނިކުފާނު ޖެއްސެވި ހިސާބު ރަނގަޅު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ނަންގަވާފައިވާ ބައެއް ލޯނުތަކުގެ ދަށުން 200 މިލިއަން ޑޮލަރު އަންނަ އަހަރު ދައްކަން ޖެހޭ ކަމަށާއި އެ ލޯނު ދެއްކުމުގެ މުއްދަތު އިތުރުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވިގޮތުގައި 2022 ވަނަ އަހަރު ވާނީ އިގްތިސާދީ ގޮތުން ރަނގަޅު އަހަރަކަށް ކަމަށް އުންމީދުކުރައްވާ ކަމަށާއި އެކަމަށް ސަރުކާރުން ބުރަކޮށް މަސައްކަތް ކުރައްވާނެކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ