logoEN
cocacola
ވިލިނގިލީގައި ކަރަންޓީންގައި ހުރި މީހަކު ކަރަންޓީންއާއި ހިލާފުވުމުން ފިޔަވަޅުއަޅައިފި

ވިލިނގިލީގައި ކަރަންޓީންގައި ހުރި މީހަކު ކަރަންޓީންއާއި ހިލާފުވުމުން ފިޔަވަޅުއަޅައިފި

އަހުމަދު ޝުރާއު

logo

3/10/2021, 5:21:20 PM

ވިލިނގިލި

ގއ ވިލިނގިލީގައި ކަރަންޓީނުގައި ހުރި މީހާކު ކަރަންޓީނުގެ އުސޫލުތަކާއި ހިލާފުވުމުން ޖޫރިމަނާކޮށްފި އެވެ.

ގޮސިޔާ

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދިންގޮތުގައި ވިލިނގިލީގައި ކަރަންޓީންގައި ހުރި މީހަކު ކަރަންޓީން އުސޫލާއި ހިލާފުވެފައިވާތީ މިއަދު ވަނީ ފިޔަވަޅު އަޅާފައިއެވެ. އެހެން ނަމަވެސް އަޅާފައި ވަނީ ކޮން ކަހަލަ ފިޔަވަޅެއް ކަން ފުލުހުން ހާމަކޮށްފައި ނުވެއެވެ.

" ގާފު " އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ފިޔަވަޅު އަޅާފައިވަނީ ވިލިނގިލިން އެއަތޮޅު މާމެންދޫއަށް ކަރަންޓީނުގެ މުއްދަތު ހަމަނުވަނީސް ދަތުރުކުރި މީހަކަށެވެ. އަދި އެމީހާ އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް މިހާރު ޖޫރިމަނާ ކުރެވިފައިވާކަން ވަނީ " ގާފު " އަށް މައުލޫމާތު ލިބިފައި އެވެ.

އެޗްޕީއޭއިން އަންގާފައިވާ އެންގުންތަކާއި، ރައްކާތެރިކަމުގެ ގޮތުން އަޅަން އަންގާފައިވާ ފިޔަވަޅުތަކަށް ތަބާ ނުވާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. އެގޮތުން ފިޔަވަޅުތަކަށް ތަބާ ނުވާ ފުރަތަމަ ފަހަރު 1000 ރުފިޔާއިން، ދެވަނަ ފަހަރު 3500 ރުފިޔާއިން އަދި ތިން ވަނަ ފަހަރު 7500 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ. އަދި ހަތަރު ވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު ފިޔަވަޅުތަކަށް ތަބާ ނުވާނަމަ 10،000 ރުފިޔައިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ