logoEN
Sto top
ކޯލިޝަން ދެމިއޮންނާނެ - ރައީސް

ކޯލިޝަން ދެމިއޮންނާނެ - ރައީސް

އަހުމަދު ޝުރާއު

logo

3/10/2021, 4:42:38 PM

215031_3_83f713767da97b7c32dab1be36034b3bc2ae1bc5_medium-750x435

މިހާރު ވެރިކަން ކުރަމުން މި އަންނަނީ ކޯލިޝަން ސަރުކާރެއް ކަމަށާއި މި ފަސް އަހަރު ކޯލިޝަން ދެމި އޮންނާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

Wamco

މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވިގޮތުގައި އެމަނިކުފާނެ ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި ވެރިކަން ކުރަމުން މިހާރު ގެންދަވަނީ ކޯލިޝަން ސަރުކާރެކެވެ. އަދި އިރާދަކުރެއްވިއްޔާ މި ދައުރުގައި ކޯލިޝަލް ދެމި އޮންނާނެ ކަމަށާއި ކޯލިޝަން އުވާލުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އެންމެ އެކަށީގެންވާ ގޮތެއްގައި ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާއި އެކު ބައްދަލުވުންތައް ނުގެންދެވޭ ކަމަށެވެ. ކޮންމެ ދުވަހަކު މަޝްވަރާތައް ނުގެންދެވުނަސް، ގިނަ ކަންކަމުގައި ކޯލިޝަން ލީޑަރުންނާއި އެކު މަޝްވަރާކުރެއްވޭ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އަދި ކަންތައްތައް މިހާރުވެސް ނިންމަވަމުން ގެންދަވަނީ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ޕާޓީތަކުގެ ވަޒީރުންގެ އިތުރުން ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާއި އެކު މަޝްވަރާތައް ބޭއްވުމަށްފަހުގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އިތުރު ތަފްސީލް އަންނަނީ ...

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside