logoEN
cocacola
ނިލަންދޫ، މާމެންދޫ އަދި ކޮނޑޭގައި ޤާއިމްކޮށްފައިވާ ވާރޭފެނުގެ ނިޒާމް ފެނަކައާއި ހަވާލުކޮށްފި

ނިލަންދޫ، މާމެންދޫ އަދި ކޮނޑޭގައި ޤާއިމްކޮށްފައިވާ ވާރޭފެނުގެ ނިޒާމް ފެނަކައާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

3/10/2021, 4:25:27 PM

IMG_2316

ގއ ނިލަންދޫ އާއި ގއ މާމެންދޫ އަދި ގއ ކޮނޑޭގައި ޤާއިމްކޮށްފައިވާ ވާރޭފެނުގެ ނިޒާމް ފެނަކަ ކޯޕަރޭޝަންއާއި ހަވާލުކޮށްފި އެވެ.

ގޮސިޔާ

މިއަދު އެރަށްރަށުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުތަކުގައި ފެނަކަ ކޯޕަރޭޝަންއާއި މި ރަށްރަށުގެ ވާރޭފެނުގެ ނިޒާމް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް ހުސެއިން ރަޝީދު ހަސަންއެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އެވެ. މި ރަސްމިއްޔާތުތަކުގައި ގއ އަތޮޅުގެ ތަކުގެ ދާއިރާތަކުގެ މަޖިލިސް މެމްބަރުންނާއި އެރަށްރަށުގެ ކައުންސިލް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގއ މާމެންދޫ ، ގއ ނިލަންދޫ އަދި ގއ ކޮނޑޭގެ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރީ ވޯޓާ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއި އެވެ. މި ޕްރޮޖެކްޓަށް ފައިނޭންސް ކޮށްފައިވަނީ ވޯލްޑް ބޭންކުގެ ގްރީން ކްލައިމެޓް ފަންޑް އާއި ޔޫއެންޑީޕީގެ އިތުރުން ދިވެހި ސަރުކާރުގެ ފަންޑުންނެވެ. އަދި މިއަދު ފެނަކައާއި ހަވާލުކުރެވުމާއި އެކު މިތިންރަށުގެ ވާރޭފެން ފޯރުކޮށްދިނުމުގެ އޮޕަރޭޝަން ކުރިޔަށް ގެންދާނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

undefined

މިނިސްޓަރ ހުސެއިން ހުވަދު އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މާމެންދޫ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްްކަތްވެސް ވަނީ ފަށާފައި އެވެ. އަދި މީގެ އިތުރުން އެއަތޮޅުގެ އެހެން ރަށްތަކަށްވެސް ވަޑައިގެން އެރަށްތަކުގައި ޤާއިމު ކުރެވުނު ވާރޭފެން ރައްކާކުރުމުގެ ނިޒާމުތަށް ފެނަކަ ކޯޕަރޭޝަންއާއި ހަވާލުކުރުމަށް ވެސް ވަނީ ނިންމާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ