logoEN
Sto top
"ޓްރާންސްޕޯޓް މިނިސްޓަރަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ މިނިސްޓަރެއް. އިތުބާރު އެބަ އޮތް."

"ޓްރާންސްޕޯޓް މިނިސްޓަރަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ މިނިސްޓަރެއް. އިތުބާރު އެބަ އޮތް."

އަހުމަދު ޝުރާއު

logo

3/10/2021, 5:10:07 PM

l_2019_08_01_040359_uoym29ri1ewnf856d7baskgjtqzh43cxvpl_EN_

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ މިނިސްޓަރެއް ކަމަށާއި އެކަމަނާއަށް އިތުބާރު ކުރައްވާ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

Wamco

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީ ހިންގުމުގައި ބޮޑެތި ދަތި ތަކެއް އެބަހުރި ކަމަށާއި އެކަންކަން ހައްލު ކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެކަމަނާއަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިނިސްޓްރީ ތެރޭގައި ހިނގާފައިވާ ކަންކަން ޒިންމާދާރު ކަމާއި އެކު މިނިސްޓަރ ނަހުލާ މިހާރުވެސް ބައްލަވުން އަންނަކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މެންޑޭޓުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ފަހު ހުރިހާ ބާރެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ދިނުމަށް ވަނީ މިހާރު ނިންމަވާފައެވެ.

މި ބަދަލު ގެންނަން ނިންމި ކަމަށް ވިޔަސް ޓްރާންސްޕޯޓް އޮތޯރިޓީގައި ތިއްބެވި މުވައްޒަފުންނަށްވެސް ދެރަގޮތެއް ނުވާނެ ގޮތަކަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ބައްޓަންކުރެވިގެންދާނެކަން ރައީސްވަނީ ފާހަގަ ކުރައްވާފައެެވެ.

ރަޖިސްޓްރީ ކުރެއްވުމުގައި ފޯޖް ޑޮކިއުމެންޓް ހުށަހަޅުއްވައިގެން އުޅަނދުތައް ރަޖިސްޓްރީކޮށްފައި ހުރުމުން، ޓްރާންސްޕޯޓް މިނިސްޓަރ މިހާރުވެސް އެ މައްސަލަތައް ބައްލަވުމުން ގެންދަވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިހާތަނަށް 18 އުޅަނދެއްގެ ރަޖިސްޓްރީ ފޯޖް ޑޮކިއުމެންޓް އާއި އެކު ރަޖިސްޓްރީކޮށްފައިވާކަމަށް ފާހަގަވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފާހަގަވެފައިވާ މި މައްސަލަތައް އޭސީސީގެ އިތުރުން ފުލުހަށްވެސް ފޮނުވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިތުރު މައްސަލަތައް ހުރިތޯ ބަލައި އެ މައްސަލަތައްވެސް ބައްލަވަމުން ގެންދަވާންކަން ރައީސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside