
White Alert
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 10:30 އިން ހަވީރު 4:00 އަށެވެ.
މި މުއްދަތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކަށް މޫސުން ގޯސް މިދުވަސްވަރުގައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ މުއައްސަސާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.