
IMG_2301
ޓިކްޓޮކް ކުޅުން ހުއްޓާލީ ކަމަށް ބުނެ ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރި ނިމްޝާ ޒާހިރު ޖެއްސީ ޕްރޭންކެއް ކަމަށް އޭނާ ބުނެފި އެވެ.

ނިމްޝާ ޓިކްޓޮކް ކުޅުން ހުއްޓާލިކަން އިއުލާންކޮށް އޭނާ ވަނީ އިންސްޓަގްރާމް ސްޓޯރީގައި ވީޑިއޯއެއް އާންމު ކޮށްފައި އެވެ. އެހެން ނަމަވެސް ގަޑި އިރެއް ފަހުން އެވީޑިއޯ އޭނާ ވަނީ ރިމޫވް ކޮށްފައި އެވެ. އަދި އެޔަށް ފަހު އިންސްޓަގްރާމް ލައިވް މެދުވެރިކޮށް އެއީ އޭނާ ސަމާސާއަކަށް ކުރި ކަމެއް ކަމަށް ވަނީ ބުނެފައި އެވެ. އަދި އޭޭނާގެ ސަޕޯޓަރުންގެ ފަރާތުން އެވަގުތު ކޮޅުވެސް އޭނާއަށް ލިބުނު ސަޕޯޓަކީ އޭނާ ހީނުކުރާ ވަރުގެ ސަޕޯޓެއް ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
ނިމްޝާއަކީ ރާއްޖޭގެ ޓިކްޓޮކް ތަރިންގެ ތެރެއިން އެންމެ މަގްބޫލް އެއް ތަރި އެވެ. އެގޮތުން ޓިކްޓޮކްގައި ނިމްޝާ ފޮލޯ ކުރާ މީހުންގެ އަދަދު ބައިލައްކައަށްވުރެ ގިނައިރު އޭނާގެ ބައެއް ވީޑިއޯތައް ބެލި މީހުންގެ އަދަދު 65000 އަށް އަރައެވެ. އޭނާގެ ވީޑިއޯތަކަށް ލިބުނު ލައިކްތަކުގެ އަދަދު ހަތްލައްކައަށްވުރެ ގިނައެވެ.
ރާއްޖޭގައި ޓިކްޓޮކްގެ ފޯރި ވަރަށްވެސް ގަދައެވެ. ގިނަ ބަޔެއްގެ އާންމު ދިރިއުޅުމުގެ ހިއްސާއަކަށް ޓިކްޓޮކް މިވަނީ ގޮސްގެންގޮސްފައި އެވެ. އަދި ޓިކްޓޮކް ތަރިން އުފަންވެ ގިނަ ބަޔަކު އަންނަނީ މި އެޕްލިކޭޝަން މެދުވެރިކޮށް މަޝްހޫރުކަން ހޯދަމުންނެވެ.