logoEN
Sto top
ނިމްޝާ ޓިކްޓޮކްއާއި ދުރަށް؟

ނިމްޝާ ޓިކްޓޮކްއާއި ދުރަށް؟

IMG_2299

ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރި ނިމްޝާ ޒާހިރް ޓިކްޓޮކް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފި އެވެ.

Wamco

މިރޭ އޭނާގެ ރަސްމީ އިންސްޓަގްރާމް ސްޓޯރީގައި އާންމު ކުރި ވީޑިއޯއެއްގައި އޭނާ ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން އޭނާ ޓިކްޓޮކް ކުޅުން ހުއްޓާލަން ވަނީ ނިންމާފައި އެވެ. އަދި ސަޕޯޓަރުންގެ ކިބައިން ނިމްޝާ ވަނީ އެކަމަށް މާފަށްވެސް އެދިފައި އެވެ.

ނިމްޝާ ޓިކްޓޮކް ހުއްޓާލިކަން އިއުލާންކުރި ސަބަބެއް އޭނާ ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ދާދި ފަހުން ނިމްޝާ އާންމު އިޖުތިމާއީ މިންގަނޑު ތަކާއި ހިލާފު ހެދުން ލައިގެން ޓިކްޓޮކް ކުޅުނު ކަމަށް ބުނެ މީސްމީޑިއާގައި އަންނަނީ އޭނާއަށް ފާޑުކިޔުންތަށް އަމާޒުވަމުންނެވެ. އަދި އެމައްސަލާގައި އޭނާ ވަޒީފާ އަދާކުރަމުން ދިޔަ ޤައުމީ އެއާލައިން މޯލްޑިވިއަން އިން " ކަނޑާލީ " ކަމަށް ގިނަ ބަޔަކު ކުރަމުން ދިޔަ ތުހުމަތުތަށް އޭނާ ވަނީ ދޮގު ކޮށްފައިއެވެ.

ނިމްޝާއަކީ ރާއްޖޭގެ ޓިކްޓޮކް ތަރިންގެ ތެރެއިން އެންމެ މަގްބޫލް އެއް ތަރި އެވެ. އެގޮތުން ޓިކްޓޮކްގައި ނިމްޝާ ފޮލޯ ކުރާ މީހުންގެ އަދަދު ބައިލައްކައަށްވުރެ ގިނައިރު އޭނާގެ ބައެއް ވީޑިއޯތައް ބެލި މީހުންގެ އަދަދު 65000 އަށް އަރައެވެ. އޭނާގެ ވީޑިއޯތަކަށް ލިބުނު ލައިކްތަކުގެ އަދަދު ހަތްލައްކައަށްވުރެ ގިނައެވެ.

ރާއްޖޭގައި ޓިކްޓޮކްގެ ފޯރި ވަރަށްވެސް ގަދައެވެ. ގިނަ ބަޔެއްގެ އާންމު ދިރިއުޅުމުގެ ހިއްސާއަކަށް ޓިކްޓޮކް މިވަނީ ގޮސްގެންގޮސްފައި އެވެ. އަދި ޓިކްޓޮކް ތަރިން އުފަންވެ ގިނަ ބަޔަކު އަންނަނީ މި އެޕްލިކޭޝަން މެދުވެރިކޮށް މަޝްހޫރުކަން ހޯދަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside