logoEN
Sto top
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް : ޗެމްޕިއަންކަން ހޭޔަންބޯއަށް

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް : ޗެމްޕިއަންކަން ހޭޔަންބޯއަށް

އަހުމަދު ޝުރާއު

logo

3/8/2021, 9:55:03 PM

DSC_3029

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގެ ފައިނަލްގައި ހޯބަހަކުން ބަލިކޮށް ޓީމް ހޭޔަންބޯ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

Wamco

މިރޭ ތިނަދޫ އާރު އަވަށު ދަނޑުގައި ކުޅުނު ފައިނަލް މެޗު ހޭޔަންބޯ ކާމިޔާބު ކުރީ 15-9 ގެ ނަތީޖާއަކުން ހޯބަހަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ހޯބަހަކުން ބަލިވި ކަމުގައި ވީނަމަވެސް އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައި އެވެ.

މިމެޗުގައި ހޯބަހަކުންގެ ގޯލުތަށް ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 12) ފާތިމަތު ފައިރޫޒާ އާދަމް 1 ގޯލް ، (ޖާޒި ނަމްބަރު 13) ލައުހާ ހުސައިން 2 ގޯލް ، ( ޖާޒީ ނަމްބަރު 14) ފާތިމަތު އަރުޝާ 3 ގޯލް ، ( ޖާޒީ ނަމްބަރު 6) ޒުލައިހާ އިބްރާހިމް 1 ގޯލް ، ( ޖާޒީ ނަމްބަރު 9) ޝިބާހަތު ހަނީފް 1 ގޯލްއެވެ.

ހޭޔަންބޯގެ ގޯލުތަށް ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 11) ޝަހުނާ މުހައްމަދު 3 ގޯލް ، (ޖާޒި ނަމްބަރު 5) ޖައިސްވަލް ސްވަރިނިމާ 5 ގޯލް ، ( ޖާޒީ ނަމްބަރު 10 ) ކުމާރީ އާރްތީ 4 ގޯލް ، (ޖާޒި ނަމްބަރު 9) އާމިނަތް ޒައިނާ 1 ގޯލް ، (ޖާޒި ނަމްބަރު 6) މާޒިނާ އަހުމަދު 1 ގޯލް ، (ޖާޒި ނަމްބަރު 17) ހަދީޖާ ރިހުމާ 1 ގޯލް އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޭޔަންބޯ ހޯދީ މުބާރާތުގެ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.

މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside