logoEN
cocacola
2021 ވަނަ އަހަރުގެ ފީފާ ބެޖް ހުވަދޫއަށް އުފަން 2 ރެފްރީއަކަށް

2021 ވަނަ އަހަރުގެ ފީފާ ބެޖް ހުވަދޫއަށް އުފަން 2 ރެފްރީއަކަށް

އަހުމަދު ޝުރާއު

logo

11/16/2020, 6:10:18 PM

IMG_6251

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ، ފީފާއިން 2021 ވަނަ އަހަރަށް ފީފާގެ ބެޖު ދިން 5 ދިވެހި ރެފްރީންގެ ތެރޭގައި ހުވަދު އަތޮޅަށް އުފަން 2 ރެެފްރީން ހިމެނިއްޖެ އެވެ.

ގޮސިޔާ

ގދ. ތިނަދޫއަށް އުފަން އަހުމަދު އަބްދުﷲ އާއި ގދ. ރަތަފަންދޫއަށް އުފަން ޖައުފަރު ރަޝީދު އަށް ފީފާގެ 2021 ވަނަ އަހަރުގެ ރެފްރީ ބެޖު ލިބިފައިވަނީ މިއަހަރުވެސް ފީފާގެ ރެފްރީ ބެޖު ދިނުމަށް ބާއްވަން ޖެހޭ ފިޓްނަސް ޓެސްޓު ތަކުން ފާސްވުމާއި އެކުގައެވެ. މިއާއި އެެކު ފީފާގެ ބައިނަލަގްވާމީ މެޗުތަކުގައި މެެޗް އޮފިޝަލްކަން ކުރުމުގެ ފުރުސަތު ލިިބިގެެންދާނެއެވެ.

އަހުމަދު އަބްދުﷲ އަކީ އޭއެފްސީ އެެލައިޓް ރެެފްރީއެއްވެސް މެއެވެ. އޭނާއަކީ 2015 ވަނަ އަހަރުން ފަށައިގެން ފީފާގެ އެސިސްޓެންޓް ރެފްރީއެކެވެ. ބައިނަލަގްވާމީ ގިނަ މުބާރާތްތަކެއްގައި އަހުމަދު ވަނީ ރެފްރީކަން ކޮށްފައެެވެ. 2015 ވަނަ އަހަރު އިންޑައަން އޯޝަން ގޭޭމްސްގެ ކެމްބޯޑިއާ އާއި މިޔަންމާ ކުޅުނު މެޗުގައި އެސިސްޓެންޓް ރެފްރީއެއެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި ނިކުތް ނިކުތުމަކީ އޭނާގެ ބައިނަލަގްވާމީ ކެރިއަރުގެ ފެށުމެވެ.

undefined

ޖައުފަރު ރަޝީދުއަކީ ވެެސް ރާއްޖޭގައި ތާރީހީ ގިނަ މެޗުތަކެއްގައި ރެފްރީކަންކޮށް ބައިނަލަގްވާމީ މުހިންމު މެޗުތަކެއްގައިވެސް ރެފްރީކަން ކޮށްފައިވާ ރެފްރީއެކެވެ. އަދި 2012 ވަނަ އަހަރުން ފެށިގެެން ފީފާގެ އެސިސްޓެންޓް ރެފްރީ އެއްގެ އިތުރުން އޭއެފްސީ އެެެލައިޓް ރެފްރީއެކެވެ. 27 ވަނަ ސީ ގޭމްސްގައި މެލޭޝިޔާ އާއި އޮސްޓްރޭލިޔާ ކުޅުނު މެެޗަކީ ޖައުފަރުގެެ ފުރަތަމަ ބައިނަލަގްވާމީ މެޗެވެ.

undefined

މި ދެ ރެެފްރީންގް އިތުރުން 2021 ވަނަ އަހަރުގެ ފީފާ ބެެޖު އިތުރު 3 ރެފްރީއަކަށް ވަނީ ލިިިބިފައެވެ. އެއީ މުހައްމަދު ޖާވިޒް ، ހުސެއިން ސިނާން އަދި އާދަމް ފަޒީލްއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ