logoEN
cocacola
ލަޕޯރޓާ ރައީސްކަމަށް އައުމާއިއެކު މެސީ ބާސާގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް!

ލަޕޯރޓާ ރައީސްކަމަށް އައުމާއިއެކު މެސީ ބާސާގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް!

އަހުމަދު މާހު

logo

3/8/2021, 1:30:04 PM

merlin_184726911_30ea0b1f-7b94-4a72-b03d-2d2cda165bdb-superJumbo

ބަސަލޯނާގެ އިންތިހާބީ ރައީސް ލަޕޯރޓާ، އެކްލަބްގެ ސްޓާރ ޕްލެޔަރު ލައޮނަލް މެސީ އެކްލަބްގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.

ގޮސިޔާ

އާދިއްތަ ދުވަހު ބޭއްވި އެ ކްލަބުގެ ރައީސްކަން ހޮވުމުގެ އިންތިހާބުން ހޮވިވަޑައިގަތުމައްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ލަޕޯރޓާ ބުނެފައިވަނީ އެންމެ ފުރަތަމަ ކްލަބުން ކުރާނެ މަސައްކަތަކީ މެސީ އެކްލަބް ގައި މަޑުކުރުވުމުގެ މަސައްކަތްކަމެވެ. ލަޕޯރޓާވަނީ މީގެކުރިންވެސް ކުލަބްގެ ރައީސްގެ ގޮތުގައި ކުލަބަށް ހިދުމަތް ކޮއްފައެވެ. މީގެކުރިން ލަޕޯރޓާ ކުލަބުގެ ރައީސްކަމަށް އިންތިހާބުވެފަވަނީ 2003 ވަނަ އަހަރު ޖޫންމަހުގައެވެ . ޖޫން 2003 ފެށިގެން 2010 ވަނަ އަހަރު ޖޫން މަހާއި ހަމަޔަށް ދެމިގެން ދިޔަ ދައުރުގައި މުހިންމު އަދި ކާމިޔާބު ގިނަ މަސައްކަތްތަކެއް ލަޕޯރޓާ ކޮށްދެއްވިއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ޕެޕް ގާރޑިއޯލާ ކުލަބްގެ މެނޭޖަރ ކަމަށް ހަމަޖެއްސުމެވެ.

undefined

މެސީ އިންތިހާބުގައި ވޯޓުލާންއައިތަން ފެނުމުން ވަރައްވެސް ހިންހަމަ ޖެހޭކަމައްވެސް އޭނާ ބުނެފައި ވެއެވެ. އަދި ދުނިޔޭގެ އެއްމެ މޮޅު ކުޅުންތެރިޔާ ބާސަލޯނާ ދެކެ ވަރަށް ލޯބިވާ ކަމަށާއި އަދި އިންތިހާބުގައި ވޯޓުލާން އައުންވެސް މެސީ ކްލަބްގައި މަޑުކުރާނެ ކަމުގެ ހެއްކަކަށް ފުދޭކަމަށް ބުނެފައިވެއެވެ.

ބާސަލޯނާއިން މެސީއާއެކު 2017 ސޮއިކޮށްފައިވާ 670€ މިލިއަން ޔޫރޯގެ ކޮންޓްރެކްޓް މިއަހަރު ޖޫންމަހުގައި ހަމަވާނެއެވެ. އެހެންކަމުން ބާސަލޯނާގެ އާރައީސްގެ އެންމެފުރަަމަތަ މަސައްކަތަކަށްވާނީ މެސީއަށް އާ ކޮންޓްރެކްޓެއް ހުށަހަޅައި ކުލަބްގައި މަޑުކުރުވުމުގެ މަސައްކަތް ކުރުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ