logoEN
ޕީއެންސީ 2
އެއާ އޭޝިޔާ އިން އެއާ ޓެކްސީ އަދި ޑްރޯން ޑެލިވަރީ ހިދުމަތް ފަށަނީ

އެއާ އޭޝިޔާ އިން އެއާ ޓެކްސީ އަދި ޑްރޯން ޑެލިވަރީ ހިދުމަތް ފަށަނީ

c1_1947964

މެލޭޝިޔާގެ ބަޖެޓް އެއާލައިން އެއާ އޭޝިޔާއިން އަންނަ އަހަރުގެ ތެރޭގައި އެއާ ޓެކްސީގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރާކަމަށް ބުނެފިއެވެ.

ޝަރީ 2024

އެެއާ ޓެކްސީގެ އިތުރުން ޑްރޯން ޑެލިވަރީގެ ހިދުމަތެއްވެސް ފެށުމަށް މަސައްކަތް ކުރާކަމަށް އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި ކޯ ފައުންޑަރ ޓޯނީ ފެނާންޑޭސް ވަނީ ބުނެފައެވެ. އަދި 18 މަސްދުވަހުގެ ތެރޭގައި މި މަޝްރޫޢު ލޯންޗް ކުރުމަށް ވަނީ ޕްލޭން ކޮށްފައެވެ.

އެއާ ޓެކްސީގައި ޕައިލެޓާއި 4 ސީޓު ހިމެނޭނެ ކަމަށާއި މި ވަގުތު މަސައްކަތް ކުރަމުން ގެންދަނީ މި ހިދުމަތް ތަރައްޤީ ކުރުމަށް ކަމަށް ފެނާންޑޭސް ބުންޏެވެ.

އެއާ އޭޝިޔާއިން މިހާރު ދަނީ އެ ގްރޫޕުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޚާއްސަކޮށް އޭޝިޔާ ޕެސިފިކް ރީޖަަންގެ 22 ޤައުމު ލިންކް ކުރުމަށް އެ ގްރޫޕުން ވަނީ އޮފާ ކޮށްފައެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން މިދިޔަ ނޮވެމްބަރު މަހު އެއާ އޭޝިޔާއަށް ވަނީ ޖެހިޖެހިގެން ފަސްވަނަ ކުއާޓަރުގައި ގެއްލުމާ ކުރިމަތިލާން ޖެހިފައެވެ. އެއާއެކު އެ އެއާލައިންނުން ދަނީ ލޯންތަކާއި އިންވެސްޓަރުންގެ އެހީގައި 822 މިލިއަން ޑޮލަރުގެ ކުރިއެރުމެއް ހޯދުމަށް މަސައްކަތް ކުަރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ