logoEN
cocacola
ގއ އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކަށް އަމާޒުކޮށްގެން ސިމްޕޯޒިއަމެއް ފަށައިފި

ގއ އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކަށް އަމާޒުކޮށްގެން ސިމްޕޯޒިއަމެއް ފަށައިފި

އަހުމަދު ޝުރާއު

logo

3/7/2021, 5:31:13 PM

Symposium2

ގއ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ލީޑަރޝިޕް ސިމްޕޯޒިއަމެއް މިއަދު ފަށައިފިއެވެ.

ގޮސިޔާ

މާދަމާގެ ނިޔަލަށް ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި ކުރިއަށްދާ މި ސިމްޕޯޒިއަމްއަކީ ގއ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުން ކުރަމުންދާ މަސައްކަތްތަކަކީ ކުރިއާލައި ރޭވިގެން، ތަރުތީބުކުރެވިގެން ހިންގޭ ހަރަކާތްތަކެއްގެ ތެރެއިން ރައްޔިތުންނަށް ދިމާވެފައިވާ ކަންބޮޑުވުންތައް ހައްލުކޮށް، ފުލުހުންގެ ހިދުމަތާއި މެދު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ގާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ހައްލު ހޯދުމުގެ ގޮތުން ބާއްވާ ސިމްޕޯޒިއަމްއެކެވެ.

މި ސިމްޕޯޒިއަމްގައި ކުށްމަދު ކުރުމާއި ތަހުގީގު ދާއިރާއާއި އިދާރީކަންކަން ހަރުދަނާކުރުމާ ގުޅޭގޮތުން ހުށަހެޅުންތައް ހުށަހަޅައި، ކަންކަމާމެދު މަޝްވަރާކުރެވޭނެއެވެ. އަދި ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތްތަކަށް އިތުރަށް ޝައުގުވެރިކުރުމާއި އޮޕަރޭޝަން ދާއިރާއާއި ނެއިބަރހުޑް ޕޮލިސިންގ އާ ގުޅޭގޮތުން ހުށަހެޅުންތައް ހުށަހަޅައި މަޝްވަރާކުރެވޭނެއެވެ.

މި ސިމްޕޯޒިއަމް ކުރިޔަށްދަނީ ގއ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ސީނިއަރ މުވައްޒަފުން ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. މި ސިމްޕޯޒިއަމްގައި ގއ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 29 ފުލުހުން ވަނީ ބައިވެރިވެފައިއެވެ.

ދާދިފަހުން ހުވަދު އަތޮޅުގެ ދެރީޖަންގައި ވެސް ފުލުހުންގެ އަވައްޓެރި ފުލުހުންގެ ޚިދުމަތް ވަނީ ފަށާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ