logoEN
cocacola
ފޭސް އަލިގަދަ ތަރި ޤުރްއާން މުބާރާތުގެ އެއްވަނަ ޝަހާމް އަށް

ފޭސް އަލިގަދަ ތަރި ޤުރްއާން މުބާރާތުގެ އެއްވަނަ ޝަހާމް އަށް

Admin

logo

3/7/2021, 5:19:57 PM

156497000_2846920405556800_848642004166176778_o

ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމެންޓް ( ފޭސް ) އިން އިސްނަގައިގެން ފިޔޯރީގައި ބޭއްވި ފޭސް އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ފަޚުރުވެރި 1 ވަނަ ގދ ފިޔޯރީ ، އަސުރުމާގޭ އަބްދުﷲ ޝަހާމް މުޙައްމަދު ހޯދައިފި އެވެ.

ގޮސިޔާ

މިމަހުގެ 5 ވަނަ ދުވަހު ފިޔޯރީގައި ފެށި މި މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ވަނީ އިއްޔެ ބާއްވާފައި އެވެ. މި ޖަލްސާ ޝަރަފު ވެރި ކޮށްދެއްވީ ގއ ވާދޫގެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ލިމްއާން މުހައްމަދު އެވެ. މުޅި މުބާރާތުން އެއްވަނަ ހޯދި ޝަހާމް އަށް ވަނީ ފޭސްގެ ފަރާތުން 12،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފައި އެވެ.

undefined

މި މުބާރާތުގައި މުޅި މުބާރާތުން ދެވަނަ ހޯދީ ގދ ފިޔޯރީ ، އޯކިޑްވިލާ އައިޝަތް މިޝްކާ އެވެ. އަދި މުބާރާތުން ތިން ވަނަ ހޯދީ ގދ. ފިޔޯރީ ، ލެގޫން އާމިނަތު ޝާޔާން ޝާމިން އެވެ. ދެވަނައަށް ހޮވުނު ބައިވެރިޔާއަށް 3000 ރުފިޔާގެ ފައިސާގެ އިނާމާއި ތިން ވަނަ ހޯދި ބައިވެރިޔާއަށް ވަނީ 2000 ގެ ފައިސާގެ އިނާމުވެސް އިނާމު ދިނުމުގެ ޖަލްސާގައި ހަވާލުކޮށްފައި އެވެ.

ފޭސް އަލިގަދަ ތަރި ޤުރުއާން މުބާރާތަކީ ގދ އަތޮޅު ފަރެސްމާތޮޑާ އާއި ފިޔޯރީ އާއި ރަތަފަންދޫގެ އުމުރުން 6 އަހަރާއި 16 އަހަރުގެ ކުދިންނަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 67 ކުދިން ވަނީ ބައިވެރިވެފައި އެވެ. މި މުބާރާތް މިއަހަރު ކުރިޔަށް ގެންގޮސްފައިވަނީ 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެގޮތުން އުމުރުފުރާތަކަކީ 6 އަހަރާއި ، 7 އަހަރާއި ، 9 އަހަރާއި ، 11 އަހަރާއި ، 13 އަހަރުގެ އިތުރުން 16 އަހަރެވެ.

ފޭސް އަލިގަދަ ތަރި ޤުރްއާން މުބާރާތަކީ 2016 ވަނަ އަހަރުން ފެށިގެން ފިޔޯރީގައި ބާއްވަމުން އަންނަ މުބާރާތެކެވެ. ނަމަވެސް 2019 ވަނަ އަހަރުގައި އާއި 2020 ވަނަ އަހަރު މި މުބާރާތް ވަނީ ސިއްހީ ބަލިމަޑުކަމުގެ ސަބަބުން ނުބާއްވާ ކެންސަލް ކުރެވިފައި އެވެ.

ފޭސް ޖަމިއްޔާއަކީ 2015 ވަނަ އަހަރުން ފެށިގެން އިޖުތިމާއި ގޮތުން ފިޔޯރީގައި ކޮންމެ އަހަރަކުވެސް ގިނަ ޙަރަކާތްތަކެއް ހިންގަމުން އަންނަ ޖަމްއިއްޔާއެކެވެ. އެގޮތުން ބީ.އެޗް.އެމް.ގެ އެހީގައި ފިޔޯރީ ބަނދަރު ސަރަހައްދުގައި އިމާރާތްކޮށްފައިވާ މިސްކިތް ބެލެހެއްޓުމާއި، ތަދްރީސުލް ޤުރްއާން ގެ ނަމުގައި ޤުރްއާން ކްލާހެއް ހިންގުމާއި، ރަށުގެ ބަނދަރު ސަރަހައްދުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރަމުން ދިއުމާއި، ފޭސް އެކަޑަމީގެ ނަމުގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގުމާއި، 2016 ވަނަ އަހަރުން ފެށިގެން އަލިގަދަ ތަރި ނަމުގައި ޤުރްއާން މުބާރާތެއް ބޭއްވުމާއި، އިޖުތިމާއީ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ފިޠުރު ޣީދުގައި އީދު ސައި ނަމުގައި ރަށުގެ ރައްޔިތުންނަށް ސައެއް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުންވެސް ފިޔޯރީގައި ޙަރަކާތްތަައް ބާއްވަމުން އަންނަ މި ޖަމްއިއްޔާއަކީ ފިޔޯރީގައި ހިންގާ އެންމެ ހަރަކާތްތެރި ޖަމްއިއްޔާއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ