
Screenshot 2023-12-02 at 20.41.56
ޔަހޫދީން ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައާއި ގުޅުވައި އިރާގުން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ރާގުގެ ބޮޑުވަޒީރު އެމެރިކާއަށް އިންޒާރުދީފައިވަނީ އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު އަނެއްކާވެސް ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިރާގުގެ ސަރަހައްދަށް އެއްވެސް "ހަމަލާއެއް" ނުދިނުމަށެވެ.
އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސޫދާނީ މި އިންޒާރު ދެއްވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގައި ކަމަށް ސޫދާނީގެ އޮފީހުން ބުނެއެވެ.
ސޫދާނީ އިތުރަށް ވިދާޅުވީ އިރާގުގައި ތިއްބެވި ބައިނަލްއަގުވާމީ ކޯލިޝަންގެ އެޑްވައިޒަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން މިފަދަ އިންޒާރެއް އިރާގުގެ ބޮޑުވަޒީރު ދީފައިމިވަނީ ހަމާސްގެ ހަތިޔާރު އެޅި ހަނގުރާމަވެރިންތަކެއް އެގައުމުގައި ތިބި ކަމަށްބުނެ އެމެރިކާއިން އިރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓުތަކެއް ފެންމަތިވެފައި ވަނިކޮށެވެ.