
ޕެނަލްޓީގައި ފްރާންސް ބަލިކޮށް ޖަރުމަނު ޗެންޕިއަންކަން ހޯދައިފި
IMG_20231202_195952
އިންޑޮނޭޝިޔާގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ފިރިހެން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މިއަދު ހަވީރު ފްރާންސް އާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީއްޖާނެރުމަށް ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން މޮޅުވެ، ޖަރުމަނު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއަހަރުގެ ޖޫން މަހު ހަންގޭރީގައި ބޭއްވުނު 17 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިދެޓީމު ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީއްޖާނެރުމަށް ޖެހި ޕެނަލްޓީގައި 5-4 ގެ ނަތީޖާއަކުން މޮޅުވެ ޗެމްޕިއަންކަން ހޯދީ ޖަރުމަނުންނެވެ.
ނަމަވެސް އޭގެ ދެމިނެޓު ފަހުން ފްރާންސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ސައިމަން ބޯއެބާރއެވެ. އަދި މެޗުގެ ކޮންޓްރޯލް ފްރާންސް އަށް ލިބުނީ ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ޖަރުމަނުގެ މިޑްފީލްޑަރު ވިނާރސް އޮސަވީ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލި ހިސާބުންނެވެ.
މިމެޗުގައި ފުރާންސް ޓީމުން ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު މާތިސް އަމޫގޫ އެވެ. މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ފްރާންސް އިން ކުރިއަށް ފޮނުވާލި ހަ ޕެނަލްޓީގެ ތެރެއިިން އެޓީމަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ. އަދި ޖަރުމަނުން ޖެހި ހަ ޕެނަލްޓީގެ ތެރެއިިން އެޓީމުން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވިފައި އާޖެންޓީނާގެ ފޯވާޑް އަގަސްޓިން ރުބާޓޯ އެވެ. އޭނާ ވަނީ މި މުބާރާތުގައި 8 ލަނޑު ކާމިޔާބުކޮށްފައެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރު ގެ މަގާމު ލިބުނީ ފްރާންސްގެ ޕައުލް އާރގްނީ އަށެވެ. އަދި މުބާރަތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖަރުމަނުގެ ޕެރިސް ބާނާރ އެވެ.