logoEN
Sto top
ދަތުރުފުޅުތަކަށް ހިނގާ ޚަރަދު 15 ދުވަސްތެރޭ ޢާންމުކުރައްވަން ރައީސް މުއިއްޒު ނިންމަވައިފި

ދަތުރުފުޅުތަކަށް ހިނގާ ޚަރަދު 15 ދުވަސްތެރޭ ޢާންމުކުރައްވަން ރައީސް މުއިއްޒު ނިންމަވައިފި

އައިޝަތު އިފާޝާ

logo

12/2/2023, 7:16:49 PM

331063_60af5dcf-2_

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ކުރާ ހޭދަ ހާމަކުރައްވަން އެމަނިކުފާނު ނިންމަވައިފިއެވެ.

Wamco

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސްގެ މި ނިންމެވުމަކީ، ރަސްމީ ދަތުރުފުޅުތަކުގެ މަޢުލޫމާތު ހޯދަން އަބަދުވެސް ނޫސްވެރިން ވަރަށް މަސައްކަތްކުރަން ޖެހޭކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާތީ ނިންމެވި ނިންމެވުމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގެން ފުރަތަމަ ދަތުރުފުޅު ކުރެއްވީ ތުރުކީވިލާތަށެވެ. އެދަތުރުފުޅުގައި ވަނީ ރާއްޖެއަށް ގިނަ ދާއިރާތަކަކުން އެހީތެރިކަން ދޭނެކަމުގެ ޔަޤީންކަން އެޤައުމުގެ ރައީސް ދެއްވާފައެވެ.

އެއަށްފަހު ރައީސް ވަޑައިގަތީ ތިމާވެށްޓާއި މޫސުމީ މައްސަލަތަކުގެ ދާއިރާއިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ސަމިޓް، ކޮޕް-28ގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ދުބާއީއަށެވެ.

ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside