logoEN
Sto top
ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްގެ ކޮންފަރެންސުގައި ބައިވެރިވުމުގެ ދައުވަތު ރައީސް މުއިއްޒުއަށް!

ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްގެ ކޮންފަރެންސުގައި ބައިވެރިވުމުގެ ދައުވަތު ރައީސް މުއިއްޒުއަށް!

އަހުމަދު ޝުރާއު

logo

12/2/2023, 4:29:49 PM

331720_2feb2b6a-b_

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، އެންޓިގުއާ އެންޑް ބާބުޑާގެ ބޮޑުވަޒީރު ގެސްޓަން ބްރައުންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

Wamco

މި ބައްދަލުކުރެއްވުން އޮތީ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 28 ވަނަ ސެޝަންގެ ހަވާސާގައެވެ.

ރައީސް މުއިއްޒުއާއި އެންޓިގުއާ އެންޑް ބާބުޑާގެ ބޮޑުވަޒީރާ ދެމެދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ތިމާވެއްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

2024 ވަނަ އަހަރުގެ މެއި މަހު އެންޓިގުއާ އެންޑް ބާބޫޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްގެ 4 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެންޓިގުއާ އެންޑް ބާބުޑާގެ ބޮޑުވަޒީރު ވަނީ ރައީސް މުއިއްޒުއަށް ދައުވަތު އަރުވާފައެވެ.

ދެބޭފުޅުންގެ ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވަމުންނެވެ.

ރާއްޖެއާއި އެންޓިގުއާ އެންޑް ބާބޫޑާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 2002 ވަނަ އަހަރުގެ މާރޗް މަހުގެ 25 ވަނަ ދުވަހުއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside