
Maafaru
ނ މާފަރުގައި ބިދޭސީއަކު ގެނބިގެން މަރުވެއްޖެ އެވެ.

މައުލޫމާތު ލިބޭގޮތުގައި މަރުވެފައިވަނީ ލަންކާއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ފިރިހެނަކަށެވެ. އަދި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 07:30 ހާއިރު އެވެ.
މާފަރު ހެލްތް ސެންޓަރާއި ހަވާލާދީ އޮންލައިން ނޫސް " އަސްލު " އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި މީހާއަކީ މާފަރު އެއާރޕޯޓުގެ ދެވަނަ ފިޔަވައްސަށް ބައެއް ތަކެތި ހިފައިގެން ދިޔަ ކޮޅުވެއްޓިއެއްގައި މަސައްކަތް ކުރާ މީހެކެވެ.
އެމީހާގެ ހަށިހަނޑު މާލެ ގެންދިޔުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައި އެވެ.